ބޭނުންވާތަކެތި:
2 އެވޮކާޑޯ
200ގ ކުކުޅު މަސް (ބޯންލެސް ޗިކަން)
Advertisement
1ފިޔާ
1 ކިޔުކަމްބާ
ކޮރިއެންޑާ ފަތް
1 ލުބޯ
ލޮނު
އަސޭމިރުސް
ތައްޔާރުކުރާނެގޮތް:
ކިޔުކަމްބާ އަދި ފިޔާ ކުދިކޮށް ކޮށާށެވެ. އެވޮކާޑޯ ތޮށިގަޑު ނެއްޓުމަށްފަހު ކުދިކޮށް ކޮށާށެވެ. ކުކުޅުމަސް ކުދިކޮށް ކޮށުމަށްފަހު ރަހަލާވަރަށް ލޮނުކޮޅެއް އަޅާ މަސްކޮޅު ރޯފިލަންދެން ފިހެލާށެވެ. އެއަށްފަހު ކޮށާފަހުރި ކިޔުކަމްބާ، އެވޮކާޑޯ، ފިޔާ އަދި ފިހުނު ކުކުޅުމަސް އެއްކުރުމަށްފަހު އޭގެ އެތެރެއަށް ކޮރިއެންޑާ ފަތް، ލުބޯހުތް، އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. ރަހަލާވަރަށް ލޮނުކޮޅެއް އަޅާލަންވާނެ އެވެ.









