February 23, 2025 02:43
Advertisement

-Advertisement-

އެކްސިޑެންޓްގެ އަދަދު ގިނަވަމުން އަންނައިރު އަމިއްލަ ރައްކާތެރިކަމަށް ހެލްމެޓް އެޅުން ނޫން ގޮތެއް ނެތް!

ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަމާއި ހިދުމަތް ދޭ ތަންތަނަށާއި ވިޔަފާރި ކުރާ ތަންތަނަށް ވަދެ ހަދާކަން ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފައިވާކަން ހާމަކުރީ އިއްޔެ ފުލުހުންގެ މުއައްސަސާއިން ނެރުނު ބަޔާނެއްގައެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤަވާއިދު ނަންބަރު R-131 2021  ގެ 19 ވަނަ މާއްދާގައި A1 އަދި A0 ގިންތީގެ އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމުކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައެވެ. އެގޮތުން އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑެއް ހަރުކޮށްފައި ހުންނާނެއެވެ.

" ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން. މިއީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް". ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

ހެލްމެޓް އެޅުން ވަކި ސަރަހައްދުތަކުގައި ލާޒިމުކޮށްފައިވިއަސް މާލެ ހުޅުމާލޭގެ މަގުތަކަކީ އެއްގަމު އުޅަނދު ދުއްވަން އަމާންތަނެކޭ ނުބުނެވޭނެއެވެ. ގިނަފަހަރަށް ނުގަވާއިދުން ބާރަށް ދުއްވާ މީހާގެ ސަބަބުން އެކްސިޑެންޓްވެ ބޮޑެތި ގެއްލުން މިލިބެނީ ގަވާއިދާއި އެއްގޮތަށް ދުއްވާ މީހާއަށެވެ. ބާރަށް ދުއްވާ މީހުންނަށް ވަކިމަގެއް ނޯވެއެވެ. އެމީހަކު ހިތަށްއެރި ބާރުމިނުގައި ދުއްވަމުން ދަނީއެވެ. އެހެންކަމަށްވާނަމަ އަމިއްލަ ސަލާމަތަށްޓަކައިވެސް ހެލްމެޓް އެޅުން މަޖުބޫރުވެއެވެ. ގިނަ ފަހަރަށް ހެލްމެޓް އަޅައިގެން ހުރެއްޖެނަމަ ވެއްޓި ޖެހޭއިރު ބޮލަށް ލިބޭ ގެއްލުން ކުޑަވެއެވެ.

ފުލުހުންގެ ބަޔާނާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހެލްމެޓް އެޅުމާއި އެއްކޮޅަށް ވާހަކަދައްކަމުންނެވެ. ހުޅުމާލޭގެ އާބާދީ ވޭތުވެދިޔަ 5 އަހަރު އެތައް ގުނައެއް އިތުރުވެ މަގުތައް ބައެއް ގަޑިތަކުގައި ތޮއްޖެހި އެކްސިޑެންޓްތައް ހިނގަމުން އަންނައިރު ހެލްމެޓް މުހިންމެވެ.

2022 ވަނަ އަހަރު އެކަނިވެސް މުޅި ރާއްޖޭގައި 3500 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގައިފައިވެއެވެ. އެއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު ހާހަކަށްވުރެ ގިނަ އަދަދެކެވެ. މިދިޔަ 2023 އަދި 2024 ވަނަ އަހަރުވެސް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. 2021 ވަނަ އަހަރު އެކްސިޑެންޓްތަކުގައި 7 މީހަކު މަރުވެފައިވާއިރު 2022 ވަނަ އަހަރު ވަނީ 5 މީހަކު މަރުވެފައެވެ. މިއަހަރުވެސް ވަނީ އެކްސިޑެންޓްގައި މީހުން މަރުވެ އަދި އެތައްބަޔަކަށް ތަފާތު ބޮޑެތި އަނިޔާތައް ލިބިފައެވެ.  

+1
0
+1
0
+1
0
+1
1
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް