Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ތަންދޫރީ ޗިކަން ރެސްޓޯރެންޓް ފެންވަރުގައި ތައްޔާރުކޮށްލަމާ! ބަދިގެ

ޒީޓައިމްސް ބަދިގެ: ތަންދޫރީ ޗިކަން ރެސްޓޯރެންޓް ފެންވަރުގައި ތައްޔާރުކޮށްލަމާ!

ބޭނުންވާތަކެތި:

1 ކުކުޅު

2 މޭޒުމަތީ ސަމުސާ ޔޯގަޓް

Article - in content
Advertisement

1 ސައިސަމުސާ ހިމުންކޮށްފައި ހުރި އިނގުރު

1 ސައިސަމުސާ ހިމުންކޮށްފައި ހުރި ލޮނުމެދު

1 މޭޒުމަތީ ސަމުސާ ތެޅިމިރުސް

1 ސައިސަމުސާ ދިރި

1 ސައިސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ލުނބޯހުތް ނުވަތަ ވިނެގަރ

1 މޭޒުމަތީ ސަމުސާ ސޯޔާސޯސް

1 މޭޒުމަތީ ސަމުސާ ޓޮމާޓޯޕޭސްޓް

½ ސައިސަމުސާ ހަކުރު

1 ސައިސަމުސާ ޗިކަން ސްޓޮކް ޕައުޑަރ

2 މޭޒުމަތީ ސަމުސާ މަސްޓަރޑް އޮއިލް

ރަތްކުލަކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ކުކުޅު ރަނގަޅަށް ސާފުކުރުމަށްފަހު ކޮށާލާށެވެ.

ތައްޓަކަށް ހުރިހާބާވަތްތަކެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ރަތްކުލަކޮޅު އަޅާށެވެ. ވަރަށް ރަނގަޅަށް ކުކުޅުގައި ހާކާށެވެ. މަދުވެގެން މަތިޖެހުމަށްފަހު އެއްގަޑިއިރުވަންދެން ބަހައްޓާށެވެ. އެއިރުން ރަހަގަނޑު ކުކުޅުގެތެރެއަށް ވަންނާނެއެވެ.

ތަވާއަށް ކުޑަތެޔޮފޮދެއް އެޅުމަށްފަހު ހޫނުވުމުން ކުކުޅު އަޅާފަ މަތިޖަހައިގެން މަޑުގިނީގައި ފިހެލާށެވެ. ނޫނީ އަވަނުގައިވެސް ފިހެވިދާނެއެވެ. ވަރަށް މީރުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —