Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: މީރު މީރު ޗިކަން ބްރެޑް ރޯލް ބަދިގެ

ޒީޓައިމްސް ބަދިގެ: މީރު މީރު ޗިކަން ބްރެޑް ރޯލް

ބޭނުންވާތަކެތި:

1 ޖޯޑު ކުކުޅުމަސް (ހަނިދިގުކޮށް ކޮށާފައި އަދި ފެނުގައި ކައްކާފައި)

½ ޖޯޑު ކެރެޓް (ހަނިދިގުކޮށް ކޮށާފައި)

Article - in content
Advertisement

½ ޖޯޑު މޮޒަރެއްލާ ޗީޒް

½ މޭޒުމަތީ ސަމުސާ އަސޭމިރުސް

½ މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައިހުރި)

ރަހަލާވަރަށް ލޮނު

1 މޭޒުމަތީ ސަމުސާ ގިތެޔޮމިރުސް

2 މޭޒުމަތީ ސަމުސާ ޓޮމާޓޯސޯސް

3 މޭޒުމަތީ ސަމުސާ މަޔޮނައިސް

ޕާން

ބިސް

ފާރޮށިކުނޑި

ކުކިންގ އޮއިލް

ތައްޔާރުކުރާނެ ގޮތް:

ކުކުޅުމަސް، ކެރެޓް، ޗީޒް، އަސޭމިރުސް، ލޮނުމެދު، ލޮނު، މިރުސް، ސޯސް އަދި މަޔޮނައިސް ތައްޓަކަށް އެޅުމަށްފަހު ހުރިހާބާވަތެއް ރަނގަޅަށް އެއްކޮށްލާށެވެ.

ރޮށިދަމާއެތި ބޭނުންކޮށްގެން އިތުރަށް ޕާންފޮތި ފަތިކޮށްލާށެވެ. އެއަށްފަހު ޕާންފޮތީގެ މައްޗަށް ތައްޔާރުކުރި މަސްގަނޑުން އެތިކޮޅެއް އަޅާށެވެ. އަދި ރޯލްކޮށްލާށެވެ.

ތައްޓަކަށް ބިސް ގިރާލުމަށްފަހު އޭގެ ތެރެއަށް ރޯލްސް އަޅާށެވެ. ރަނގަޅަށް ބިސް ހޭކުމުން ފާރޮށިކުނޑި ރޯލްސްގެ ބޭރުގައި ހާކާށެވެ. ތަވާއަށް ތެޔޮ އެޅުމަށްފަހު މަޑުގިނީގައި ރޯލްސް ތެލުލާށެވެ. މިއީ ރޯދަމަހު ތައްޔާރުކޮށްލަން ވަރަށް މީރު އެއްޗެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —