އުރީދޫ މޯލްޑިވްސް އަކީ ތަފާތު މުހިންމު މެސެޖުތަކެއް މުޖުތަމައަށް ލިބޭގޮތަށް އިސްތިހާރުތައް ގެނެސްދޭ ކުންފުންޏެކެވެ. މި ރަމަޟާންމަހު ގެނެސްދޭ ޚާއްސަ އިސްތިހާރުންވެސް މިވަނީ ތަފާތެއް ދައްކާފައެވެ. މިގޮތުން ގެނެސްދޭ "ރޯދައިގެ ނޫރު" ކެމްޕޭން އިސްތިހާރުގައި ފެންނަނީ "ނޫރު" ނަމަކަށް ކިޔާ ކުޑައަންހެންކުއްޖަކު އަލަށް ރޯދަމަސް ތަޖުރިބާކުރުމަށް ކުރާ ދަތުރެވެ.
ރޯދަމަހު ނޫރުގެ ބައްޕަ ހަދިޔާކުރާ "ރޯދައިގެ ނޫރު" ފޮތުގެ ޒަރީއާއިން، އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި، ރަމަޟާންމަހުގެ ރިވެތި އަޚްލާޤުތަކުން ފުރިގެންވާ ކަންކަން ނޫރަށް ދަސްވެގެން ދެއެވެ. މިފޮތުގެ ޞަފްޙާތަކުން ކެތްތެރިކަމާއި އޯގާތެރިކަމާއި ޝުކުރުވެރިކަމާއި ރޯދަމަހުގެ މާތްކަން ނޫރު ދަސްކުރަމުންދާތަން ފެނިގެންދެއެވެ.
"މި ހިތްގައިމު ކެމްޕޭން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަނީ ރަމަޟާން މަހު ޖީލުތަކުގެ މެދުގައި ޙިއްޞާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށް. މި ކެމްޕެއިންގެ ސަބަބުން ރަމަޟާން މަހުގެ އަސްލު ހުރިހާ އުމުރުފުރައަކަށްވެސް އުފާވެރި މަޖާގޮތަކަށް ހަނދާންވެގެން ދާނެކަމަށް އުއްމީދު ކުރެވޭ". އުރީދޫއިން ހާމަކުރިއެވެ.
ރަމަޟާން މަހަކީ ދީލަތިކަމާއި އެއްބައިވަންތަކަމުގެ ދުވަސްވަރަށްވާއިރު "ރޯދައިގޭ ނޫރު" އާއެކު، މި ބަރަކާތްތެރި މައްސަރުގެ ރޫހު ހިފަހައްޓައި، އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ލޯބިވާ މީހުންނާއެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައުތައް ގުޅާލައި، މާނަފުން މެސެޖުތަކެއް އެކުލެވޭ ކެމްްޕެއިނުތަކެއް ގެނެސްދިނުމަށް ކަމަށާއި މި ރަމަޟާންމަހު އެ ކުންފުނިން ދައުވަތު ދެނީ "ނޫރު" އާއި އެކު ރަމަޟާންމަސް ތަޖުރިބާ ކުރުމަށެވެ.
އުރީދޫ މޯލްޑިވްސްގެ އިސްތިހާރު ތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދެމުންދާ ނޫރުގެ މިއިސްތިހާރަށް ކުޑަކުދިންގެ ލޯބިވެސް ވަނީ ޖެހިފައެވެ. އަދި އެ އިސްތިހާރުން ފެންނަ ފޮތް ކިޔަން ބޭނުންވާ ކުދިން އުޅޭކަން ފާހަގަކުރެވުނެވެ.