April 2, 2025 09:08
Advertisement

-Advertisement-

ފޮޓޯ: ކްރެޑިޓް: ނައިން އެމް ހޮސްޕިޓަލްސް

މާބަނޑު ދުވަސްވަރު ހަކުރު ހުންނަ މިންވަރު މަދު ކުރުމަށް ސަމާލުވާންވީ ކީއްވެ؟

މާބަނޑު ދުވަސްވަރު ހަކުރު މަތިވެ ބޭނުން އެއްޗެއް ނުކެވި އުޅެންޖެހުމަކީ ވަރަށް ހިތްދަތި ކަމެކެވެ. ތަފާތު މީރު އެއްޗެހި ކޮންމެހެންވެސް ކާން ބޭނުންވާ މި ޚާއްސަ ދުވަސްވަރު ވަރަށް ބޮޑަށް ކެއުމަށް ބަލަންޖެހޭ އެއް ސަބަބުގެ ގޮތުގައި ހަކުރު މަތިވުން ހިމެނެއެވެ.

ހަކުރުގެ މިންވަރު އިތުރުވަނީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދޭ އިންސިއުލިން ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުންނެވެ. މާބަނޑު މީހުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެއީ އިތުރު މައްސަލަތަކެއް ދިމާނުވެ ދުޅަހެޔޮކަމާއެކު ވިހެއުމަށްޓަކައެވެ.

މާބަނޑުއިރު ހަކުރު މަތިވާ މީހުންގެ ތެރޭގައި ބަރުދަން މާބޮޑަށް މަތިމީހުންނާއި ޕޮލިސިސްޓިކް އޯވަރީގެ މައްސަލަ ކުރިން ކުރިމަތިވެފައިވާ މީހުން ހިމެނެއެވެ. އަދި އާއިލާގައި ހަކުރުބަލި ހުންނަ މީހުން ތިބި ނަމަ އިތުރަށް ވިސްނަން ޖެހެއެވެ.

Advertisement

މާބަނޑުއިރު ސަމާލުކަން ދޭންވީ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށެވެ. ހަކުރު ގިނައިން އެކުލެވޭ ކާނާ ކެއުމުގައި ބޭނުންކުރުމުން އޭގެ އަސަރު މައިމީހާގެ ސިއްޙަތަށާއި ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުމަށް ފޯރުން އެކަށީގެންވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދުވަސް ނުފުރާ ވިހެއުމާއި، ވިހާއިރު ކުޑަދަރިފުޅުގެ ބަރުދަން މާ ބަރުވުމުގެ އިތުރަށް ކުޑަ ދަރިފުޅުގެ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެ ބައެއް ފަހަރަށް އުފަންވާ ކުދިންގެ އައިބު ހުންނަ ފަދަ ކަންތައްތައް ދިމާވާ ކަމަށް ސިއްޙީ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެތެރޭގައި ހަށިގަޑުގެ ބަރުދަން އިތުރުވުމާއި ފަލަވުމުގެ އިތުރަށް ކަސްރަތާއި ދުރުގައި އުޅުން ހިމެނެއެވެ. ހަކުރުބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުމާއި ބޯ އެނބުރުމުގެ އިތުރަށް ހަށިގަނޑުން ކެނޑޭ ތަންތަން ފަސޭހަވުމަށް ގިނަދުވަސް ހޭދަވުން ހިމެނެއެވެ. އަދި ލޮލުގެ ފެނުން ނުސާފުވެ ބަނޑުހައިވެ ގިނަގިނައިން ފެންބޯން ބޭނުންވުންފަދަ ކަންތައްތައް ހިމެނެއެވެ.

ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ވިޓަމިން އަދި ޕްރޮޓީން ހުންނަ ކާނާ ކެއުމުގައި ބޭނުންކުރުމަށް އިސްކަމެއް ދޭންޖެހެއެވެ. އަދި ޤަވާއިދުން ކަސްރަތުކުރުން ވަރަށް މުހިއްމެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް