April 2, 2025 08:48
Advertisement

-Advertisement-

ޝަހީދުވި ތިންބައިކުޅަ ދެބައި މީހުންނަކީ ކުޑަކުދިންނާއި އަންހެނުން!

އިސްރާއީލުން އަނެއްކާވެސް ޣައްޒާ އަށް ހަމަލާ ދޭން ފަށާފައިވާއިރު މިހާތަނަށް ޝަހީދުވި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ ކުޑަކުދިންނާއި އަންހެނުން ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އިސްރާއީލު އަސްކަރިއްޔާ އިން އިއްޔެއިން ފެށިގެން ދެމުންދާ ހަމަލާތަކުގައި 436 މީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 183 ކުޑަކުދިންނާއި، 125 ފިރިހެނުންނާއި، 94 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ  34 މީހުން ކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުން އަންނައިރު މިކަމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ދަނީ އަޑު އުފުލަމުންނެވެ. ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ޣައްޒާއަށް ދިން ހަމަލާތަކުގައި 49000 މީހުން ޝަހީދުކޮށް އެތައް އިމާރާތެއް ބިމާއި ހަމަކޮށްފައިވާއިރު ހަމަލާތައް ވަގުތީގޮތުން ހުއްޓާލިތާ ވަނީ ދުވަސްތަކެއްވެފައެވެ. 

Advertisement

ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުގެ ބައެއް މީހުންވެސް ދަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަށް ގޮވާލަމުންނެވެ. އަދި ނަތަންޔާހޫ އާއި ދެކޮޅަށް އެއްބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެހެންނަމަވެސް ނަތަންޔާހޫ ބުނެފައިވަނީ މިއީ އަދި ފެށުމެއް ކަމަށެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
2

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް