Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ރޯދަމަހު ކާލަން އެއްވަނައިގެ ކިރުބޯކިބާ ބަދިގެ

ޒީޓައިމްސް ބަދިގެ: ރޯދަމަހު ކާލަން އެއްވަނައިގެ ކިރުބޯކިބާ

ބޭނުންވާތަކެތި:

100ގ. ކޯންފްލަރ

300ގ. ހަކުރު

Article - in content
Advertisement

1 ކާށީގެ އޮލަކިރު

1 ޖޯޑު މާފެން

800 އެމް.އެލް ރާނބާފަތުފެން ހިހޫކޮށްފައި ހުރި

ރާނބާފަތުފެން ކައްކާނީ 3 އިންޗީގެ 6 ރާނބާފަތްކޮޅު 2 އިންޗީގެ 2 ފޮނިތޮށިގަނޑާއި 8 ކާފޫރުތޮޅި އަޅާފައި ރަނގަޅަށް ރަހަ ނިކުންނަ ވަރަށެވެ.

1/2 ޖޯޑު ކަނަމަދު ބޭރުމަށާ ފަޅިފަޅި ކޮށްފައިހުރި ކަނަމަދު ބޯކިބާގެ މައްޗަށް ބުރުވާލުމަށް

ތައްޔާރު ކުރާނެ ގޮތް

ތެލީގައި ކޯންފްލަރ ކޮޅު ރާނބާފަތު ފެނާއި މާފެނުގައި ގިރާލާށެވެ.

ކިރުގައި ހަކުރު ގިރާފައި ތެއްޔަކަށް ފުރާނާލާފައި އަޅާލާށެވެ.

ކައްކަން އުދާލާށެވެ. ދޭފަތުން ހަލަމުން ރޯފިލުވާލާށެވެ.

ދޭފަތުގައި ހިފާވަރުވީމާ އުނދުންމަތިން ބާލާށެވެ .

ޓްރޭއަށް އޮއްސާލުމަށްފަހު ހިހޫކުރަން ބަހައްޓާށެވެ. ހިހޫވީމާ މައްޗަށް ކަނަމަދު ބުރުވާލާށެވެ. ފްރިޖަށް ލާށެވެ.

މި ބޯކިބާ ވެސް 3_4 ގޮތަށް ތައްޔާރު ކުރެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —