Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ޕިންކް ރޯޒް ރައިސް ބަދިގެ

ޒީޓައިމްސް ބަދިގެ: ޕިންކް ރޯޒް ރައިސް

ބޭނުންވާތަކެތި:

3 ޖޯޑު ބަތް

1 ޖޯޑު ފިޔާ (ހިމުންކޮށްކޮށާފައި ހުރި)

Article - in content
Advertisement

1 ލޮނުމެދު (ހިމުންކޮށް ގާނާފައި ހުރި)

1 ޖޯޑު ނޮޅާފައި ހުރި ފިޔާތޮށި ފިނިފެންމާފިޔަ

1 ހިކަނދިފަތް

3/1 ސައި ސަމުސާ މުގުރި އަސޭމިރުސް

1 ސައި ސަމުސާ ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި

½ ޗިކަން ކިއުބް

ލޮނުކޮޅެއް

ފިޔާތޮށި ކުލަކޮޅެއް ވަރަށް މަޑު ފިޔާތޮށިކުލައެއް ހިފާވަރަށް

ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާށެވެ.

ކުޑަ ތެޔޮފޮދެއް އަޅާލާށެވެ. ހޫނުވީމާ ފިޔާ، ހިކަނދިފަތް، މިރުސް އެއްކޮށް އަޅާލާށެވެ.

ފިޔާކޮޅު މޯޅި ވަންދެން މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.

ހަނާވީމާ ބަތްކޮޅާއި ފިނިފެންމާ ފިޔަތައް ފިޔަވައި ބާކީ ސާމާނުތައް އެއްކޮށްލާށެވެ.

އެބައި ރަހަނިކުންނަވަރަށް ހަނާވުމުން ބަތްވެސް އެއްކޮށްފައި ފިނިފެންމާ ފިޔަތައް ވެސް އެއްކޮށްފައި ރަހަ ހިފުމުން އުނދުން މަތިން ބާލާށެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —