April 2, 2025 20:12
Advertisement

-Advertisement-

އޯބަތް

އޯބަތް: ހަށިގަނޑަށް ފައިދާހުރި ރަހަ މީރުކޮށްދޭ އެއްޗެއް!

އޯބަތް ނުވަތަ (ފެނުގްރީކް) މިއީ ގަހެއްގައި އަޅާ އޮށްތަކެކެވެ. އޯބަތް ގަހުގެ ފަތުގައި ވަރަށް ގަދަ ވަހެއް ހުރެއެވެ. އޮށްތައް ހުންނަނީ ގޮދަން ފުށްހާ ކުދިކޮށެވެ. އަދި އޯބަތް ހުންނާނީ ފަތިކޮށް އަރިއަރިއަށެވެ. އޯބަތް ގަހުގެ ފަތް ހުންނަނީ ފެހިކުލައެއްގައި އަދި މާ ހުންނަނީ ކުދިކުދިކޮށް ހުދުކުލައިގައެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގައި އާންމުކޮށް އޯބަތް ބޭނުންކުރަނީ ކެއުމުގެ ބާވަތްތައް ތައްޔާރު ކުރުމަށެވެ. އޯބަތަކީ ރިހަ ކައްކާއިރު އާއި އަސާރަ ހަދާއިރު އަދި ހަކީމީ ބޭސް ތައްޔާރުކުރާއިރުވެސް ބޭނުންކުރާ އެއްޗެކެވެ. މިގޮތުން ހަމުގެ ބަލިތަކަށް ޚާއްސަ ބޭސް ތައްޔާރުކުރާއިރު ބައެއް ޤައުމުތަކުގައި އޯބަތް ބޭނުންކުރެއެވެ.

މޭޒުމަތީ ސަމްސަލެއްގެ އޯބަތުގައި 35 ކެލޮރީ ހުންނައިރު 3 ގްރާމް ފައިބާރ، 3 ގްރާމް ޕްރޮޓީން، 6 ގްރާމް ކާބޯހައިޑްރޭޓްސް، 01 ގްރާމް ފެޓްސް ހިމެނެއެވެ.

Advertisement

ސިއްޙީ ފައިދާތައް

އޯބަތް ބޭނުންކުރުމުން މައިމީހާގެ ކިރު އުފެދޭ މިންވަރު އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން 'ހެލްތްލައިން' ގައި ވާގޮތުން 77 މަންމައިން ބޭނުންކޮށްގެން ކުރެވުނު 14 ދުވަހުގެ ސާވޭއަކުން، އޯބަތާއެކު ހާބަލްޓީ ބޭނުންކުރި މައިންގެ ގާތުންދޭ ކިރުގެ މިންވަރު އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.

ހަށިގަނޑުގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށްދިނުން

ޓައިޕްވަންގެ ޑައިބެޓީސް ހުންނަ މީހަކަށް، 50 ގްރާމް އޯބަތް މެންދުރާއި ރޭގަނޑު ބޭނުން ކުރުމުން 10 ދުވަސް ފަހުން ލޭގައި ހުރި ހަކުރުގެ މިންވަރު ދައްވެފައިވާ ކަމަށާއި އަދި ހަކުރުބަލި ނުހުންނަ މީހަކަށް ދިނުމުން 4 ގަޑިއިރު ފަހުން 13.4 އިންސައްތަ ލޭގައި ހަކުރު ހިމެނޭ މިންވަރު ދަށްވެފައިވާކަމަށްވެއެވެ. މީގެ އިތުރުން ބަރުދަން ލުއި ކުރުމަށާއި ކޮލެސްޓްރޯލް ދަށްކުރުމަށް، އަދި މޭއެންދުމުގެ މައްސަލަތަކަށްވެސް އޯބަތް ބޭނުންކުރުމުން ލުއި ލިބޭކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ.

މަސްދަރު: ހެލްތްލައިން  

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް