April 13, 2025 13:31
Advertisement

-Advertisement-

މައުލޫމާތު: އެންމެ ގިނަދުވަސްވީ ކަރަންފޫ ގަހަށް ކިތައް އަހަރު؟

ކަރަންފުލަކީ ދިވެހިންގެ ތެރޭގައިވެސް އާންމުކޮށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. މިގޮތުން ދިވެހިބޭސް ހެދުމަށް އަދި ދުފުމުގެ އިތުރަށް ކައްކާއިރުވެސް ބޭނުންކުރެއެވެ. ކަޅުކުލައިގައި ކުދިކޮށް ހުންނަ ކަރަންފުލަކީ ކުޅިއެއްޗެކެވެ. ކަރަންފޫ އެންމެ ގިނައިން ހައްދައި އުޅެނީ އިންޑޮނޭޝިއާ އަދި މަޑަގަސްކަރައިގައެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަރަންފޫ އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ޗައިނާގައި އެމްޕަޔަރުން އުޅުނުއިރު އަނގައިން ދުވާ ވަސްކެނޑުވުމަށެވެ. އެއަށްފަހު މިސްރުގައި ކަރަންފޫ ބޭނުންކުރަން ފެށިކަމުގައިވެއެވެ.

އެންމެ ގިނަ ދުވަސްވީ ކަރަންފޫ ގަހަށް ކިތައް އަހަރު؟

އެންމެ ގިނަ ދުވަސްވީ ކަރަންފޫ ގަހަށް 416 އަހަރު ވެދާނެކަމަށް ލަފާކުރެވެއެވެ. "އާފޯ" ގެ ނަމުން ނަންދެވިފައިވާ މިގަސް ހުރީ އިންޑޮނޭޝިއާގެ ސަރަހައްދެއްގައެވެ. މިގަހުން އޮށް ނެގުމަށްފަހު އެހެން ޤައުމުތަކުގައި ކަރަންފޫ ހައްދާ އެއިން ދަނީ ވިޔަފާރި ކުރަމުންނެވެ. " އާފޯ" ގެ ނަމުން ނަންދެއްވިފައިވާ 3 ގަސް ހުރިއިރު މީގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ގަސް ވަނީ މަރުވެފައެވެ. އަދި ދެވަނަ ގަސް 2019 ވަނަ އަހަރު ވެއްޓިފައިވާއިރު އެގަހުގެ އުމުރަކީ 260 އަހަރެވެ. އަދި މިހާރުވެސް 230 އަހަރުވީ ކަރަންފޫ ގަހެއް އެބަހުއްޓެވެ. 

Advertisement

ކަރަންފޫ ހެދެނީ ކިހިނެއް؟ 

ކަރަންފޫ މިއި ކިހިނެއް ހެދޭ އެއްޗެއްކަން އެނގޭތޯއެވެ؟ ގަހުން ކަރަންފޫ ބިންނަން ޖެހެނީ، މަލުން އުފައްދާ ކަރަންފޫގެ ކުލަ ފެހިކުލައިން މަޑު ފިޔާތޮށިކުލައަށް އެރުމުންނެވެ. މިއީ 5 ނުވަތަ 6 މަސްދުވަހުގެ ތެރޭގައި ފޮޅޭ މާ ކަރަންފޫއަށް ބަދަލުވާ ވަގުތުކަމުގައި ދަނޑުވެރިން ފާހަގަކުރެއެވެ. އެއަށްފަހު 4 ނުވަތަ 5 ދުވަސް ވަންދެން އަވީގައި ހިއްކަން ބަހައްޓައެވެ. މިދުވަސްތަކުގެ ތެރޭގައި ކަރަންފޫގެ ކުލަ ގަދަ ޗޮކްލެޓްކުލަ ނުވަތަ ކަޅުކުލައާއި ގާތްކުރާ ކުލައަކަށް ބަދަލުވެއެވެ.

ކަރަންފޫއިން އިންސާނާގެ ހަށިގަނޑަށް ކުރާ ފައިދާތަކަށް ބަލާއިރު، ލޭގެ ޕްރެޝަރ އާއި ހަށިގަނޑުގައި ހުންނަ ބެކްޓީރިއާތައް މެރުމަށް ކަރަންފޫ ބޭނުން ކުރެވިދާނެއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް