April 14, 2025 21:22
Advertisement

-Advertisement-

އަނެއްކާވެސް އެހިތްދަތިކަމާއި ވޭނީ އެބިރުވެރިކަން ދުވަހެއް ދުވަހަކަށް އިންތިހާއަށް!

ފަލަސްޠީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތައް އަނެއްކާވެސް މިދަނީ އިތުރުވަމުންނެވެ. ޝަހީދުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އިންސާފެއް ނެތި ހިންގަމުންދާ މި ޖަރީމާތަކުގައި 34 ހޮސްޕިޓަލަކަށްވެސް ވަނީ ބޮމުގެ ހަމަލާތައްދީ ގެއްލުންދީފައެވެ.  

ޣައްޒާގެ ބޮޑުބައަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް ކުރަމުންދާ މަސައްކަތުގައި ދެމުންދާ ހަމަލާތަކާއި ގުޅިގެން 2.4 މިލިއަން މީހުން އުޅޭ ޣައްޒާގެ މުސްލިމުންގެ ތެރެއިން ގިނަބަޔަކު ވަނީ މަގުމަތިވެފައެވެ. ފުރާނަ ސަލާމަތްވާނެ ކަމުގެ ޔަގީންކަމެއް ނެތި ހައިހޫނުކަމުގައި ވޭނީ ދުވަސްތަކެއް ދަނީ ހޭދަކުރަމުންނެވެ. ހަލާކުވެ ބިމާއި ހަމަވެފައިވާ އިމާރާތްތަކުގައާއި ފޭލިގެތަކުގައި ބައެއް މީހުން ދިރިއުޅެމުން އަންނައިރު އެކަށީގެންވާ އަސާސީ ޚިދުމަތްތަތަކެއް ނުލިބެއެވެ.

ޣައްޒާ އިން އަމިއްލަ އަށް ފޭބުމަށް އިސްރާއީލުން އަންގަމުން އަންނައިރު އެމެރިކާގެ ރައީސް އަދި މުސްލިމުންނާއި އިންތިހާއަށް ދެކޮޅު ވިސްނުމެއް ގެންގުޅޭ ޓްރަމްޕު ބުނެފައިވަނީ ބޭނުންވަނީ ޣައްޒާއިން މީހުން ހުސްކޮށް އެބިމުގައި ރިސޯޓެއް ހެދުމަށް ކަމަށެވެ.

Advertisement

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުން އެންމެފަހުން ބޮމުގެ ހަމަލާ ދީފައިވަނީ 'އަލް އަހްލީ އަރަބް' ހޮސްޕިޓަލަށެވެ. މިހަމަލާ ދީފައި މިވަނީ، ހަމަލާ ދޭނެ ކަމުގެ އިންޒާރު ލިބުމާއެކު ހޮސްޕިޓަލުން ބަލިމީހުން މަގުމައްޗަށް ނެރެމުން ދަނިކޮށެވެ. އޮކްސިޖަން ސްޓޭޝަން، ސާޖަރީ އަދި އިމަޖެންސީ ޑިޕާޓްމަންޓް ވަނީ ހަލާކުކޮށްލާފައެވެ.

ބަލިމީހުންގެ އިތުރަށް ހޮސްޕިޓަލު ސަރަހައްދުން ހިމާޔަތް ހޯދަމުންދިޔަ އާންމުންވެސް ތިބީ ވަންނާނެ އިތުރު ތަނެއް ނެތި މަގުމަތިވެފައެވެ. އަދި އެނޫން ބައެއް ސަރަހައްދުތަކަށްވެސް ދަނީ ހަމަލާތައްދީ މީހުން އެސަރަހައްދުން ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ޣައްޒާ އަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަމަ ދުވަހުން ފެށިގެން ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި ޝަހީދުވި ބައިލައްކައަށްވުރެ ގިނަ މީހުންގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ވޭތުވެދިޔަ 1 މަސް ދުވަހުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު 1500 އަށް އަރާނެ ކަމަށް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް