April 16, 2025 05:54
Advertisement

-Advertisement-

ރައީސް ބިލް ތަސްދީޤު ކުރައްވައިފި: ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެ!

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްޠީނުގެ މުސްލިމުންގެ ނަސްލު ނައްތާލުމުގެ ބޭނުމުގައި އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ބައިލައްކަ މީހުން ވަނީ ޝަހީދު ކޮށްފައެވެ.

އިޒްރޭލާއި ދެކޮޅަށް މުސްލިމް ޤައުމުތަކުން އަޑު އުފުލަމުން އައިއިރު ދިވެހިރާއްޖޭގައި ވެސް ދަނީ އިޒްރޭލުގެ ލާއިންސާނީ އަމަލާ ކުށްވެރިކޮށް އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. މިގޮތުން ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެ ޤައުމުގެ މީހުންނަށް އެތެރެ ނުވެވޭގޮތް ހެދުމަށް ގޮވާލާ މީހުން ގިނައެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު ބޭއްވި ޖަލްސާގައެވެ. އިމިގްރޭޝަން ޤާނޫނު ބަދަލު ކުރުމަށް ހުށަހެޅި ބިލް ބަލައިގަނެ ޤައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމިޓީއަށް ފޮނުވިތާ 308 ދުވަސް ފަހުން ބިލު ކޮމިޓީން ފާސްކޮށްފައިވަނީ އިއްޔެއެވެ.

Advertisement

ވޯޓުގައި ބައިވެރި ހުރިހާ މެންބަރުންގެ އިއްތިފާގުން ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު  މަޖިލީހުން ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މި ބިލު ތަސްދީޤު ކުރައްވައިފައެވެ.

މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.

ދިވެހި ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ
ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް