April 19, 2025 08:37
Advertisement

-Advertisement-

ފޮޓޯ: އެމްއޭސީއެލް މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރި ކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) "ގްރީން އެއަރޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރި ކުރުވުމަށްޓަކައި ސިލްސިލާ އެވެއަރނަސް ޕްރޮގްރާމެއް އިއްޔެ ވަނީ ފަށައިފައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮގްރާމްއަކީ އެމް.އޭ.ސީ.އެލް ގެ ސަސްޓެއިނަބިލިޓީ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ އަމާޒުގައި ކުރިއަށްގެންދާ މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެކެވެ. އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައި ބޭއްވި ސެޝަން ހާއްސަކޮށްފައިވަނީ "ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް ވޭސްޓް" ގެ މައުޟޫއަށެވެ. މި ސެޝަންގައި ނުރައްކާތެރި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ ކުނި މެނޭޖްކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މި ސެޝަން ނަންގަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަޖުރިބާކާރުންނެވެ. އެ ބޭފުޅުން ވަނީ ތިމާވެށި ހިމާޔަތްކުރުމުގައި ކުންފުނިތަކުގެ ދައުރާއި، ނުރައްކާތެރި ކުނި ނައްތާލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް