April 19, 2025 12:04
Advertisement

-Advertisement-

ފިރިމީހާގެ ކުއްލި ވަކިވުމާއެކު އިރަމް އަށް އަނެއްކާވެސް ބޮޑު ހިތްދަތިކަމެއް!

ޏ. ފުވައްމުލަކަށް އުފަން އައިމިނަތު އިރަމް (ކުރީގެ ނަން އައިމިނަތު އަސްރާ) އަކީ ހިތުގައި ލޯވަޅު އުފެދި ހިތާއި ފުއްޕާމޭ ބަދަލުކުރަންޖެހި އޮކްސިޖަން ފުޅިއާއެކު ނޫނީ ނުއުޅެވޭފަދަ ބަލި ހާލަތެއްގައި އުޅެމުން އަންނަ މީހެކެވެ.

ގިނަ ދުވަސްތަކަކަށް އެޑްމިޓްކޮށްގެން އެކި ޤައުމުތަކުން ފަރުވާ ހޯދުމަށްފަހު މިވަގުތު ފުވައްމުލަކުގައި ދިރިއުޅެމުން އަންނަ އިރަމްގެ ކުރީގެ ދިރިއުޅުން ރޫޅި އައު ފެށުމަކުން ފެށި ކައިވެނީގައި ދިރިއުޅެމުން ދިޔައީ އުފާވެރިކަމާއެކުގައެވެ.

ފުވައްމުލަކުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން އުޅެނިކޮށް މިއަދު ކުއްލި ގޮތަކަށް ނިޔާވީ ރ. އަލިފުށީ އަބަދަށްހިޔާގޭ އަބްދުﷲ ރިޝްދާން 27 އަހަރު އެވެ. އެއީ އިރަމްގެ ފިރިމީހާ އެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ރިޝްދާން ވަނީ ނިޔާވެފައެވެ. " ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މަސައްކަތްކުރަން ހުއްޓާ ޚަބަރު ހުސްވެގެން ވެއްޓިގެން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ. މޫނުމައްޗަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވޭ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން". ފުލުހުން ހާމަކޮށްފައިވެއެވެ.

Advertisement

ބޮޑުބައްޔަކަށް ފަރުވާ ކުރަމުން އަންނަ އިރަމް އޭނާގެ ޓިކްޓޮކް އެކައުންޓްގައި ދެމަފިރިން އެކުގައި ނަގާފައިވާ ވީޑިއޯ ކްލިޕްތައް ހިއްސާކޮށްފައިވެއެވެ. ދެމަފިރިންގެ ދެމެދުގައިވާ ލޯތްބާއި އަޅާލުން މި ވީޑިއޯތަކުން ވަނީ ފެނިފައެވެ. ހަތަރު ދުވަސް ކުރިން ވެސް ވަނީ ލޯބީގެ ރީތި " ތީއޭ އުފަލަކީ މިހާރު، ނޭނގޭ މަގޭ ހިތުގެ ހާލު، ނޭނގޭހެ ރާނީ ތިއޭ. ދަންވަރު ކުރާ ނުނިދި ހިޔާލު". މިލަވަ ހިއްސާކޮށް ދެމަފިރިންގެ ދެމެދުގައި އޮތް ލޯބި ބުނެދީފައެވެ.

އިރަމްގެ ފިރިމީހާގެ ކުއްލި ވަކިވުމާއެކު އިރަމް އަށް އަދި ދެފަރާތުގެ އާއިލާއަށް ވެސް މިލިބުނީ ބޮޑު ހިތާމައެކެވެ. ގިނަ ބަޔަކު ދަނީ އާއިލާއަށް ތަޢުޒިޔާ ކިޔާ ސޯޝަލް މީޑިއާގައި ހިތްވަރުގެ މެސެޖު ހިއްސާ ކުރަމުންނެވެ. 

މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އިރަމް އާއި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން!

+1
2
+1
0
+1
0
+1
0
+1
0
+1
0
+1
14

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް