April 27, 2025 07:52
Advertisement

-Advertisement-

ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް އެއާޕޯޓުގައި

ޔުމްނުގެ ބޭސްފަރުވާއަށް އެންސްޕާގެ އިތުރުން އާންމުންގެ ބޮޑު އެހީއެއް!

އިމާރާތެއްގެ މަތިން ވެއްޓި ވަރަށް ބޮޑަށް އަނިޔާވެފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބޭސްފަރުވާއަށް އެންސްޕާގެ އިތުރުން އާންމުންގެ ބޮޑު އެހީތެރިކަމެއް ލިބިއްޖެއެވެ. މި އޭޕްރީލްމަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު ވަރަށްބޮޑަށް އަނިޔާވެ އަމިއްލައަށް ތެދުނުވެވޭ ހާލަތުގައި އޮއްވާ ޔުމްނު ފެނުނީ މާލޭ ހެންވޭރު 'މިޓާޒް' ކިޔާ ގޭގެ ފުރާޅު މަތީގައި އޮއްވައެވެ.

ޒުވާނާ ވެއްޓުނު ގެ އަދި ވެއްޓިފައި އޮތް ފުރާޅު/ ފޮޓޯ: ސޯޝަލް މީޑިއާ

ހުކުރު ދުވަހުން ފެށިގެން ޔުމްނުއަށް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗްގައެވެ. އެއަށްފަހު މިރޭ ދަނީ މެލޭޝިއާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

ހ. ފެންޓެނޮއީ ގޭގެ 9 ވަނަ ފަންފިލާއިން ވެއްޓި މައިބަދައަށް ލިބުނު ގެއްލުމާއިގުޅިގެން އޮޕަރޭޝަން ކުރުމަށް އާއިލާއިން ބޭނުންވީ މެލޭޝިއާއިންނެވެ. މެލޭޝިއާއަކީ ބޭސްފަރުވާގެ އަގު އިންތިހާއަށް ބޮޑު ޤައުމެކެވެ. އަދި ދިވެހިރާއްޖެއިން އާސަންދައިގެ ދަށުން ހިލޭ ބޭސް ކުރެވެނީ އިންޑިއާ އަދި ސްރީލަންކާއިން ކަމުގައިވާތީ މެލޭޝިއާއަށް އާސަންދަ ނުލިބެއެވެ.

Advertisement

މެލޭޝިއާ އަށް އާސަންދަ ނުލިބުނު ކަމުގައިވިއަސް އާއިލާގެ އެދުމުގެ މަތިން ސަރުކާރުން ވަނީ އެންސްޕާ މެދުވެރިކޮށް 12 މީހުންގެ ޓިކެޓް އަދި ފަރުވާއަށް އެހީގެ ގޮތުގައި 25،000 ޑޮލަރު (385،000 ރުފިޔާ) ހަމަޖައްސައިދީފައިކަމަށް 'ޒީޓައިމްސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެންސްޕާގެ އެހީގެ އިތުރަށް ޔުމްނުގެ ބޭސްފަރުވާއަށް އިތުރަށް އެހީވުމަށް ސޯޝަލް މީޑިއާގެ ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓާގައި ގިނަ ބަޔަކު ހިއްސާކުރި އާއިލާގެ އެކައުންޓް ނަންބަރާއެކު ދޮޅުގަޑިއިރުގެ ތެރޭގައި މިރޭ ވަނީ އާއިލާއަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.

21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއަށްފަހު އޭނާއާއެކު އެރޭ އެއިމާރާތުގެ ސިޑިމަތީގައި އުޅުނު ރައުދު އަހުމަދު ޛިލާލް / ގ. އެރިއަދޫ ވަނީ ހައްޔަރު ކޮށްފައެވެ. އަދި މިމައްސަލައާއި ގުޅިގެން ޔުމްނު އާއި ރައުދުއާއެކު އެހެން ގެއެއްގައި އެރޭ އުޅުނު އިތުރު 7 މީހެއް ފުރުން މަނާކޮށް ފޯނުވެސް ވަނީ ހިފަހައްޓާފައެވެ.

ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގެ ތަހުގީގާއި ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތަކެއް ހުރިއިރު ޒުވާނުންތަކެއް ޔުމްނުއަށް އިންސާފު ހޯދުމަށް އެދި ގޮވާލާ މުޒާހަރާ ކުރާތާ މިރޭ މިއީ 4 ވަނަ ރެއެވެ. ޒުވާނުންގެ ގޮވާލުންތަކާއެކު މަޝްރަހު ހޫނުވެފައިވަނިކޮށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޢަލީ ޝުޖާޢު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒު ކުރުމުގައި ޤާނޫނުގެ ވެރިކަން މި ޤައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުވެސް ކުރާނެ ކަމަށާއި އެމީހެއްގެ ހަސަބަކަށް ނަސަބަކަށް މަޤާމަކަށް މުއްސަނދިކަމަކަށް ރަހުމަތްތެރިކަމަކަށް އާއިލީ ތިމާގެ ކަމަކަށް ސިޔާސީ ފިކުރަކަށް އަދި އެނޫންވެސް ކަމަކަށް ބަލާ ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

+1
0
+1
0
+1
2
+1
1
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް