Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ނައިބުރައީސް ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރެއްވުން ފޮޓޯ

ފޮޓޯ: ނައިބުރައީސް ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީ (އެޗް.ޖީ.އައި.އޭ)ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ގްވެން ޔަމަމޯޓޯ-ލާއުއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވައިފަައެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހަވާއީގެ ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ މެހުމާނެއްގެ ގޮތުން، މިވަގުތު ހަވާއީއަށް ކުރައްވަމުންގެންދާ ދަތުރުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި، ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާއި، މި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގްރީން ފައިނޭންސިންގއިން އަދާކުރެވިދާނެ ދައުރަށް އަލިއަޅުއްވާލެއްވިއެވެ. ހަވާއީގެ އެންމެ ފުރަތަމަ ގްރީން ބޭންކުގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދެމުންދާ އެޗް.ޖީ.އައި.އޭއިން ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކާއި އިންކްލޫސިވް ފައިނޭންޝަލް ޓޫލްސް ބޭނުންކޮށްގެން ސައްތައިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް އީޖާދީ މޮޑެލްއެއް ޤާއިމުކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެންދިޔައީ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާބެހޭގޮތުންނެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —