Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ޢީދު ދުވަހު މެންދުރަށް ލެމަން ޗިކަން ތައްޔާރުކޮށްލަމާ! ބަދިގެ

ޒީޓައިމްސް ބަދިގެ: ޢީދު ދުވަހު މެންދުރަށް ލެމަން ޗިކަން ތައްޔާރުކޮށްލަމާ!

ބޭނުންވާތަކެތި:

½ ކިލޯ ކުކުޅު މަސް

3 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް

Article - in content
Advertisement

2 ލުނބޯ

3 ލޮނުމެދު

1 މޭޒުމަތީ ސަމުސާ މާމުއި

1 ސައިސަމުސާ ދިރި (ހިމުންކޮށްފަ)

½ ސައިސަމުސާ ތެޅިމިރުސް

1 ސައިސަމުސާ ލޮނު

½ ސައިސަމުސާ އަސޭމިރުސް

¼ ޖޯޑު ކޮރިއެންޑަރ ފަތް

ތައްޔާރުކުރާނެ ގޮތް:  

ކޮރިއެންޑަރ ފަތް ކުދިކޮށް ކޮށާފަ ތައްޓަކަށް އަޅާށެވެ. ލުނބޯގެ ތޮށި ގޭނުމަށްފަހު އަޅާށެވެ. އަދި ލުނބޯހުތް ވެސް އަޅާށެވެ. ލޮނުމެދުވެސް ގާނާފަ އަޅާށެވެ. އޮލިވްއޮއިލް، ދިރި، ތެޅިމިރުސް، ލޮނު، އަސޭމިރުސް، މާމުއި އަޅާފަ އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުމަސްކޮޅުގަ ރަނގަޅަށް ހާކާލުމަށްފަހު މަތިޖެހި ތައްޓަކަށް އެޅުމަށްފަހު 30 މިނިޓަށް އައިސްއަލަމާރީގައި ބަހައްޓާށެވެ.

ތަވައަށް ތެޔޮފޮދެއް އެޅުމަށްފަހު ހޫނުވުމުން މަޑުގިނީގައި ކުކުޅުމަހުގެ ކުލަ ކުޑަކޮށް ރަތްކުލައަށް ބަދަލުއަންނަ ވަރަށް ތެލުލާށެވެ. (5 ވަރަކަށް މިނިޓް) އެއަށްފަހު އަވަނުގައި 15 ވަރަކަށް މިނިޓަށް ކުކުޅުމަސްކޮޅު ފިހެލާށެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —