Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާހުކުރުން ފޮޓޯ

ފޮޓޯ: ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާހުކުރުން

ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް މިއަދު އިފްތިތާހުކޮށްދެއްވީ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ އެވެ. ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލަކީ، ކުންފުނީގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގއާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެމުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަށް ފަށައިގަނެވުނު މަސައްކަތެއްކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތުދީފައެވެ. ސްޓެލްކޯގެ 35 މުވައްޒަފުން "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު، މި 35 މުވައްޒަފުންނަށް މިއަދު ސްޓެލްކޯއިން ވަނީ ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރގެ ލައިސެންސް ދީފައެވެ. މީގެ އިތުރުން ސްޓެލްކޯ ޓްރެއިނަރސް ޕޫލްއިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިފްތިތާހުކޮށްފައެވެ. މި ޕޫލްގައި މިވަގުތު 35 މުވައްޒަފުން ހިމެނޭއިރު، ކުރިއަށް އޮތްތާނގައި ބައިނަލްއަޤުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. ސްޓެލްކޯ ޓްރެއިނަރސް ޕޫލްގައި މިވަގުތު ތިބި 35 ޓްރެއިނަރުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ޚާއްސަ މުވައްޒަފުން ހިމެނެއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Anonymous 27ޖޫން2025

Bainal aauvaamee fenvarah thamreenu vefai thihbbeviyas “Dhaakhilee fenvaru”hunnaanee e thamreenu ves dhevigen noontho dhivehibahah faruvaatheri nuvevey than annaatheee vaahaka dhahkkaailaa hithun mihen dhennevee liyekiyunthah dhivehibahun behehttevunkeehtho? u

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —