Advertisement
header ad
XeeTimesXeeTimes
565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެހީ އިންޑިއާއިން ރާއްޖެއަށް

565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެހީ އިންޑިއާއިން ރާއްޖެއަށް

565 މިލިއަން ޑޮލަރުގެ ކްރެޑިޓް އެހީ އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދީފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ މި އެލްއޯސީގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމާއި ރާއްޖެއިން ހަވާލުވެވަޑައިގަތީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އެވެ. އަދި އިންޑިއާގެ ފަރާތުން ހަވާލުވެވަޑައިގަތީ އެޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރްއެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަޝްރޫޢުތަކަށް މި އެހީ ހޭދަކުރައްވާނެކަމަށެވެ. މިގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އާންމުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ މަޝްރޫޢުތައް ހިންގުމަށް ކަމަށް ވިދާޅުވިއެވެ.

Article - in content
Advertisement

މި ރަސްމިއްޔާތުގައި ބޮޑުވަޒީރު މޯދީ ވަނީ ދެޤައުމުގެ ދެމެދުގައި އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި މަޝްވަރާތައް ފެށުމަކީ ދެޤައުމުގެ ގުޅުމަށް ލިބޭ އިތުރު ކުރިއެރުމެއްކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މިއަދު ވަނީ ޖުމްލަ 8 ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

1- އިންޑިއާއިން ހަމަޖައްސައިދޭ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުން

2- މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ދެޤައުމުގެ ދެމެދުގައި ޤާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް އެއްބަސްވުން

3- ޑޮލަރ ކްރެޑިޓް ލައިން އެއްބަސްވުން

4- މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިން އެހީތެރިކަން ހޯދުމާއިގުޅޭ އެއްބަސްވުން

5- ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުން

6- މޫސުމާއި ތިމާވެށި ދާއިރާއިން އެހީތެރިކަން ހޯދުމާއިގުޅޭ އެއްބަސްވުން

7- ޑިޖިޓަލް ދާއިރާއިން އެހީތެރިކަން ހޯދުމާއިގުޅޭ އެއްބަސްވުން

8- ކްރޮސް ބޯޑަރ ރެމިޓެންސް އެއްބަސްވުން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —