Advertisement
header ad
XeeTimesXeeTimes
ފޮޓޯ: އާ ފަސިންޖަރު ޓާމިނަލްގެ އޮޕަރޭޝަން ފަށައި ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިޔުން ފޮޓޯ

ފޮޓޯ: އާ ފަސިންޖަރު ޓާމިނަލްގެ އޮޕަރޭޝަން ފަށައި ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިޔުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލްގެ އޮޕަރޭޝަންތައް މިއަދު ފަށައި ފުރަތަމަ މަތިންދާބޯޓަށް މިއަދު ވަނީ މަރުހަބާ ކިޔައިފައެވެ. ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައި ގައުމީ އެއާލައިންގެ މަތިންދާބޯޓު 707 2Q އަށެވެ. އެއާބަސް A330 މަރުކާގެ އެ މަތިންދާބޯޓުގައި 112 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ. މި މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މިއަދު ވަނީ އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް ވަނީ އަރުވައިފައެވެ. މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ޓާމިނަލްގެ ތެރެއިން މަރުހަބާ ވިދާޅުވީ މިނިސްޓަރު އޮފް ފައިނޭންސް މޫސާ ޒަމީރު، މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން، މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގް އިބްރާހިމް، އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އެވެ. އޭގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —