Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ފީނިކްސް އޮފް ޣައްޒާ ޑޮކިއުމެންޓްރީ ރާއްޖޭގައި ދެއްކުން ފޮޓޯ

ފޮޓޯ: ފީނިކްސް އޮފް ޣައްޒާ ޑޮކިއުމެންޓްރީ ރާއްޖޭގައި ދެއްކުން

'ދަ ފީނިކްސް އޮފް ޣައްޒާ' ޑޮކިއުމެންޓްރީ ރާއްޖޭގައި ދައްކަން ފެށީ ރޭ މާލެސިޓީ އޮލިމްޕަހުގައެވެ. މި ޑޮކިއުމެންޓްރީގައި ފެންނަނީ މަޝްހޫރު ނޫސްވެރިޔާ އަދި ޑޮކިއުމެންޓްރީ ފިލްމު އުފައްދަމުން އަންނަ ފަލަސްޠީނުގެ ރައްޔިތެއް ކަމުގައިވާ ޔޫސެފް އަލް ހެލޫ 2023 ވަނަ އަހަރު ނަގާފައިވާ ޣައްޒާގެ މަންޒަރުތަކެވެ. އެއީ އިސްރާއީލުން ޢައްޒާ އަށް ލާއިންސާނީ ހަމަލާތައްދީ އެތައްހާސް މުސްލިމުން ޝަހީދުކޮށްލުމުގެ މަހެއްހާ ދުވަސް ކުރީގެ މަންޒަރުތަކެވެ. މި ޑޮކިއުމެންޓްރީ މިމަހުގެ 9 އަދި 11 ވަނަ ދުވަހު ރޭގަނޑު ހުޅުމާލެ ރެނާޓަސް އިތާމުއި ސިނަމާގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯތައް ދެއްކުމަށްފަހު ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ހާލުގައިޖެހިފައިވާ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކަމަށް އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިޔުކޭޝަންއިން ވަނީ މައުލޫމާތުދީފައެވެ. 

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —