Advertisement
header ad
XeeTimesXeeTimes
ފޮޓޯ: އެއާޕޯޓުގެ ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒްއާ ގުޅޭ ތަމްރީން ޕްރޮގްރާމް ފުލުހުންނަށް ކުރިއަށްގެންދިއުން ފޮޓޯ

ފޮޓޯ: އެއާޕޯޓުގެ ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒްއާ ގުޅޭ ތަމްރީން ޕްރޮގްރާމް ފުލުހުންނަށް ކުރިއަށްގެންދިއުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅޭ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުލުހުންނަށް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. އެފެކްސްގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. މި ހަރަކާތް މި އަހަރު ބާއްވަން ނިންމާފައިވަނީ 8 ސެޕްޓެމްބަރު 2025ގައެވެ. އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ފުލުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމުގައި އެއާޕޯޓުގައި މިހާރު ހަދާފައިވާ އެމަޖެންސީ ޕްލޭންއާއި އެ ޕްލޭން ތެރޭގައި ހުރި މުއައްސަސާތަކުގެ ޒިންމާތަކާއި އެމަޖެންސީ ހާލަތެއްގައި އެއާޕޯޓްގައި ހިންގަން ފަށާ އެމަޖެންސީ ވަސީލަތްތައް އަދި އެއާޕޯޓުގައި ގާއިމުކޮށްފައިވާ އިންސިޑެންޓް ކޮމާންޑް ސްޓްރަކްޗާއާ ގުޅޭ މައުލޫމާތު ދީފައިވެއެވެ. އޭގެ އިތުރުން އިމަޖެންސީ ހާލަތުގައި ފުލުހުންގެ ދައުރު ފާހަގަކޮށްދީފައިވެއެވެ. ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމުގައި ފުލުހުންގެ ކަމާގުޅޭ ހުރިހާ ޑިޕާޓްމަންޓަކުން އެކި ފަންތީގެ 86 ފުލުހުން ބައިވެރިވެފައިވެއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —