Advertisement
header ad
XeeTimesXeeTimes
މަފާޒު: ލޮލުގެ 17 އޮޕަރޭޝަން ކޮށްފައިވާއިރު 18 ވަނަ އޮޕަރޭޝަނަށް އެދެނީ އެހީއަށް! ސިއްޙަތު

މަފާޒު: ލޮލުގެ 17 އޮޕަރޭޝަން ކޮށްފައިވާއިރު 18 ވަނަ އޮޕަރޭޝަނަށް އެދެނީ އެހީއަށް!

މުހައްމަދު މަފާޒު މައުސޫމް/ ގއ. ކަނޑުހުޅުދޫ އަކީ ލޮލުގެ 17 އޮޕަރޭޝަން ކޮށްފައިވާ ކުއްޖެއް. 18 ވަނަ އޮޕަރޭޝަން ކުރުމަށް ބެންކޮކަށް ދިއުމަށްޓަކައި ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައި. ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ލޮލަށް ޖެހިފައިވާއިރު ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ފަރުވާ ފުރިހަމަވުމަކީ އާއިލާއިން ކުރާ އުންމީދެކެވެ. މިފަރުވާއަށް އާސަންދަ ހަމަނުޖެހޭއިރު 16000 ޑޮލަރާއި 25000 ޑޮލަރާއި ދެމެދުގެ އަދަދެއް މިފަހަރުގެ އޮޕަރޭޝަނަށްވެސް ހޭދަކުރަންޖެހޭކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

ނޯޓް: މިއީ އާންމުންގެ އެހީތެރިކަމާއެކު 'ޒީޓައިމްސް' އިން ބޭސްފަރުވާއަށް އެހީވެދޭ 57 ވަނަ އާއިލާއެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވަނީ ބަލިމީހާގެ އެކައުންޓަށެވެ. މި ޢާއިލާ އަށް އެހީ ލިބިފައިވާތީ، ކުރިން ހިމަނަައިފައިވާ އެކައުންޓުު ނަންބަރު ވާނީ އުނިކޮށްފައެވެ. ޝުކުރިއްޔާ!

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —