Advertisement
header ad
XeeTimesXeeTimes
ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ބަޔަކު ގަސްތުގައި ދިން ގެއްލުމުން- ސްޓެލްކޯ

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ބަޔަކު ގަސްތުގައި ދިން ގެއްލުމުން- ސްޓެލްކޯ

ހޮނިހިރު ދުވަހުގެރޭ ދަންވަރު 3:30 ހާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭގޮތުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑަރގެ ބައެއް އޮފްވެގެންނެވެ.

" މިކަމާއި ގުޅިގެން މެދުކެނޑުނު ކަރަންޓުގެ ޚިދުމަތް އަނބުރާ ދެވިފައިވަނީ ފަތިހު 04:56 ހާއިރު. މި ދެންނެވި ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުމަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުން". ސްޓެލްކޯއިން ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

Article - in content
Advertisement

މުޖުތަމަޢުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ހާދިސާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —