Advertisement
header ad
XeeTimesXeeTimes
ނީޝާން: ދެފައިގައި ވާގިނެތި އުފަންވީއިރުވެސް ހުރީ އެއްކިޑުނީ، އެދެނީ ފަރުވާ ފުރިހަމަކުރުމަށް އެހީއަށް! ސިއްޙަތު

ނީޝާން: ދެފައިގައި ވާގިނެތި އުފަންވީއިރުވެސް ހުރީ އެއްކިޑުނީ، އެދެނީ ފަރުވާ ފުރިހަމަކުރުމަށް އެހީއަށް!

ށ.މިލަންދޫ އަށް އުފަން އުމުރުން 12 އަހަރުގެ އަހުމަދު ނީޝާން އަލީ ވަހީދު އަކީ އުފަންވީއްސުރެ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެއް ކިޑުނީ ހުންނައިރު ދެފައިގައި ވާގި ނެތުމުގެ ސަބަބުން ނުހިނގެއެވެ. ބްލެޑާގައި މައްސަލަ ދިމާވެ ހުރި ހަމައެކަނި ކިޑުނީއަށްވެސް އޭގެ އަސަރު ކޮށްފައިވާތީ އޮޕަރޭޝަން ކުރުމަށް އިންޑިއާގެ ބެންގަލޫރަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ. އާސަންދަ ހަމަޖެހިފައިވީކަމުގައިވިއަސް އިންޑިއާގައި ބޭސްފަރުވާއަށް ހޭދަވާނެ މުއްދަތެއް ނޭނގެއެވެ. އާއިލާއިން އެދެނީ ބޭސްފަރުވާ ފުރިހަމަކުރުމަށް އާންމުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ނޯޓް: މިއީ އާންމުންގެ އެހީތެރިކަމާއެކު 'ޒީޓައިމްސް' އިން ބޭސްފަރުވާއަށް އެހީވެދޭ 59 ވަނަ އާއިލާއެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވާނީ ބަލިމީހާގެ އެކައުންޓަށެވެ. މި ޢާއިލާ އަށް އެހީ ލިބިފައިވާތީ، ކުރިން ހިމަނަައިފައިވާ އެކައުންޓުު ނަންބަރު ވާނީ އުނިކޮށްފައެވެ. ޝުކުރިއްޔާ!

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —