Advertisement
header ad
XeeTimesXeeTimes
މޫސުން ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރު ނޫނީ އެހެން ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

މޫސުން ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރު ނޫނީ އެހެން ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

މުޅި ރާއްޖެއަށް ހޯމަ ދުވަހުން ފެށިގެން 5 ދުވަހަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރޭ ދަންވަރުން ފެށިގެން ހެނދުނާއި ހަމައަށް ގއ. އަދި ގދ. އަތޮޅަށް 'ރީނދޫ ސަމާލު' ނެރުނުއިރު މުޅި ރާއްޖެއަށް މިއަދު މެންދުރާއި ހަމައަށް ވަނީ 'ހުދު ސަމާލު' ނެރެފައެވެ. ބޯކޮށް ވާރޭވެހުމާއެކު ގުގުރުމުގެ އިތުރަށް ވިލާގަނޑުގައި ގަޑިއަކު 10 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މުޅި ރާއްޖެއަށް ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Article - in content
Advertisement

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުންވެސް ދަތުރުކުރާއިރު މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ތަންނުދޭނަމަ މޫސުން ރަނގަޅުވަންދެން ދަތުރު ފަސްކޮށްލުމަށް އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —