ހދ.ހަނިމާދޫ އަށް އުފަން އިބްރާޙީމް ޙަސަންގެ ކިޑްނީ ދަރިފުޅު އައިޝަތު އާޔާ އިބްރާޙީމް އަށް ދިނުމަށް އޮޕަރޭޝަން ކުރެވުނީ މިއަދު އެވެ. އިންޑިއާ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުގައި ކުރެވުނު މިއޮޕަރޭޝަންއާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އިބްރާޙީމްގެ އަންހެނުން ފާތިމަތު ޒިހުނާ ބުނީ މިވަގުތު އިބްރާހިމް އާއި އާޔާ ބާއްވާފައޮތީ އައިސޫޔޫގައި ކަމަށެވެ.
" އޮޕަރޭޝަންގެ ހުރިހާކަމެއް ދިޔައީ ރަނގަޅަށް. މާދަމާ ހެދުނުގެ ވަގުތެއްގައި އިބްރާޙީމް އައިސީޔޫއިން ރޫމަކަށް ބަދަލުކުރާނެ ކަމަށް ޑޮކްޓަރު ބުނީ. އާޔާ އަދި ވެންޓިލޭޓަރުގައި އެއްދުވަސް ބާއްވާނެ. އާޔާ ރޫމަށް ބަދަލުކުރާނެ ދުވަހެއް ނޭނގޭ. ޑޮކްޓަރު ބުނީ އުއްމީދު ކުރިވަރަށްވުރެ ރަނގަޅަށޭ ހުރިހާކަމެއް ދިޔައީ" އެންޔޫ ހޮސްޕިޓަލުގައި ހުރެގެން މަޢުލޫމާތުދެމުން ޒިހުނާ ބުންޏެވެ.
އާޔާ އާއި އިބްރާހީމް
އުމުރުން 43 އަހަރު އިބްރާޙީމްގެ ކިޑްނީ އުމުރުން 13 އަހަރުގެ ދަރިފުޅަށް ދިންއިރު ޑޮކްޓަރުން ކުރިން އުއްމީދުކުރީ އުމުރުގެ ތަފާތުގެ ސަބަބުން އޮޕަރޭޝަންގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. ޒިހުނާއާއި އާއިލާ އިންޑިއާގައި ދިރިއުޅޭތާ އަހަރެއްހާ ދުވަސް މިހާރުވަނީ ވެފައެވެ. ކިޑްނީ އޮޕަރޭޝަން ނުކުރެވި މިހާގިނަދުވަސް ހޭދަވީ ކޮވިޑްގެ ޙާލަތުގެ ސަބަބުން ކަމަށް ޢާއިލާއިން ވަނީ މަޢުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ކިބައިން އާއިލާއިން އެދެނީ އިބްރާހިމް އާއި ދަރިފުޅަށް ހެޔޮދުޢާ ކޮށްދިނުމަށެވެ.










Maai Allah thikuda aailaa ah kehtherikan dhehvaashei aamee.edhebafain nan avas shifaaeh dhehvaashi Amee 1
Ahlhaahuhurikameh ga kuludhunvanthakabodu shifaadhehvan veema laheh faheh nivaane shukurukutanvee ahlhaahah 1
Alhamdulillah 2