Advertisement
header ad
XeeTimesXeeTimes
މާވަށުގައި ސިއްޙީ ދާއިރާ ތަރައްޤީކުރައްވާނީ، ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތް ދެވޭގޮތަށް - ރައީސް

މާވަށުގައި ސިއްޙީ ދާއިރާ ތަރައްޤީކުރައްވާނީ، ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތް ދެވޭގޮތަށް - ރައީސް

ލ. މާވަށުގައި ސިއްޙީ ދާއިރާ ތަރައްޤީކުރައްވާނީ، ރައްޔިތުން ބޭނުންވާގޮތަށް ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތްދެވޭގޮތަށް އަމާޒުކުރައްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މިގޮތަށް ވިދާޅުވީ ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާވަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް މިހާރަށް ވުރެ ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، ވިދާޅުވީ ސިއްޙީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ޚިދުމަތްތައް ހިމެނޭގޮތަށް ތަރައްޤީކުރެއްވުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނެ ކަމަށެވެ. " އަމާޒަކީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރައްވައި، ޞިއްޙީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކުރެއްވުން. ކުރިއަށް އޮތްތަނުގައި މާވަށަށް ޚާއްޞަކޮށްގެން ސީއެމްބިއުލާންސެއް ހަމަޖައްސާނަން".

މާވަށުގައި 15 ހެކްޓަރުގެ ބިން ހިއްކަމުންދާކަން ފާހަގަކުރައްވައި، ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އިތުރު 15 ހެކްޓަރުގެ ބިމާއެކު، ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ބިން ހިއްކާ ނިމުމުން ރަށުގައި ތަރައްޤީގެ އެހެނިހެން މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަން ފާހަގަކުރައްވާ، ރައީސް ވަނީ، ހައުސިންގ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވައި، އެ ސަރަޙައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

Article - in content
Advertisement

މާވަށުގައި މިއަދު ވަނީ، ކުޅިވަރާއި، ތަޢުލީމާއި، މަސްވެރިކަމާއި، މަގުހެދުން ފަދަ ޢުމުރާނީ ގޮތުން ރަށަށް ކުރިއެރުން އަންނާނެ މުހިއްމު 11 މަޝްރޫޢެއް ފަށާފައެވެ. އޭގެ ތެރޭގައި 8 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފަށައި، 3 މަޝްރޫޢެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ރައީސް ވަނީ މި މަޝްރޫޢުތައް ރައްޔިތުން ބޭނުންވާ ގޮތަށް އަވަހަށް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —