Advertisement
header ad
XeeTimesXeeTimes
ކަސްރަތަކީ ހިތުގެ ބަލިތަކާއި ދުރުވެ އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް! ސިއްޙަތު

ކަސްރަތަކީ ހިތުގެ ބަލިތަކާއި ދުރުވެ އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް!

ދާއިމީކޮށް ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ. އަދި މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ބޮޑު ބާރެކެވެ.

ލިބޭ ފައިދާތައް

  • ދިގުމުއްދަތަށް ފަރުވާ ހޯދަންޖެހޭ ބަލިތަކާއި ދުރުވުމަށް ކަސްރަތު މުހިންމު ރޯލެއް އަދާކުރެއެވެ. މިގޮތުން ހިތުގެ ބަލި، ސްޓްރޯކް، ޓައިޕް 2 ހަކުރުބަލި އަދި ބައެއް ވައްތަރުގެ ކެންސަރުބަލިތައް ހިމެނެއެވެ.
  • ކަސްރަތުގެ ސަބަބުން މީހާގެ މެޓަބޮލިޒަމް އެއްވަރެއްގައި ހިފަހައްޓައިދީ ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.
  • އުމުރުން ދުވަސްވާވަރަކަށް އެއަންނަ ކަށީގެ ބާރުދެރަވުމަށްވެސް ހައްލު ހޯދައިދިނުމަށް ގަވާއިދުން ކަސްރަތު ކުރެވިދާނެއެވެ.
  • ދާއިމީކޮށް ކަސްރަތު ކުރާނަމަ ހަށިގަނޑުގައި ރަނގަޅަށް ލޭދައުރު ކުރުމަށް އެހީތެރިވެދީ ބްލަޑް ޕްރެޝަރ ދަށްކޮށްދީ ކޮލެސްޓްރޯލް ވެސް ރަނގަޅުވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
  • ހިތް ރަނގަޅަށް މަސައްކަތްކޮށް ސިކުނޑިއަށް ހިތްހަމަޖެހުން ލިބޭނަމަ ހަށިގަނޑުގެ ވަރުދޫނުވެ ރަނގަޅު މިންވަރެއްގައި އެނާރޖީ ހިފަހައްޓައިދެއެވެ.
  • ދާއިމީ ރަނގަޅު ކަސްރަތުގެ ސަބަބުން ރަނގަޅަށް ނިދަން އެހީތެރިވެދެއެވެ. މިގޮތުން ނިދަން ބޭނުންވާ ވަގުތު ފަސޭހައިން ނިދުމަށް ބާރުއަޅައެވެ.

ހަށިގަނޑުގައި ހުންނަ ތަދުތަކަށް ލުއި ލިބި މީހާ ރަނގަޅަށް ހަރަކާތްތެރިވާން ފެށުމުން ދިރިއުޅުމަށް ރަނގަޅު ބަދަލެއް އާދެއެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ ކަންކަމާއި ކުރިމަތިލާން އިތުރަށް ހިތްވަރު ލިބެއެވެ. 

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —