Advertisement
header ad
XeeTimesXeeTimes
ސްރީލަންކާގެ ހާލަތު: ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިއްޖެ!

ސްރީލަންކާގެ ހާލަތު: ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިއްޖެ!

ތޫފާން 'ދިތުވާ' ގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައިގައި މިދިޔަ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް 355 މީހުން ވަނީ މަރުވެފައެވެ. އަދި 366 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ކާރިސާގެ ސަބަބުން ކާބޯތަކެތީގެ އަގުތައް ވަނީ ތިންގުނަ މައްޗަށް އުފުލިފައެވެ. މިގޮތުން ކެރެޓް ކިލޯއެއް އުޅެނީ 1500 ރުޕީސް އަށެވެ. އަދި ބީންސް ކިލޯއެއް 1300 ރުޕީސް އަށް އުޅޭއިރު ލީކްސް ކިލޯއެއް އުޅެނީ 1200 ރުޕީސް އަށެވެ. އަދި ކެބެޖް ކިލޯއެއް އުޅެނީ 900 ރުޕީސް އާއި 1000 ރުޕީސް އާއި ދެމެދުގައެވެ. އަދި ބަރަބޯ، ބަށި ފަދަ ތަރުކާރީގެ އަގުވެސް ދަނީ މަތިވަމުންނެވެ. މަހުގެ ބާވަތްތައް ލިބުން ވަނީ ދަތިވެފައެވެ. 

ސްރީލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ޤައުމުގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވަނީ ފެންބޮޑުވުމުގެ ސަބަބުން ދަނޑުވެރިންނަށް ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިވުމުންނެވެ. އަދި ބާޒާރުތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާއިރު ބައެއް ސަރަހައްދުތަކުން ކާބޯތަކެތި ހުސްވެފައިވާތީއެވެ.

Article - in content
Advertisement

ސްރީލަންކާ އަށް ދިމާވެފައިވާ އިންތިހާއަށް ހިތްދަތި މިހާލަތުގައި އަސަރު ކުރި މީހުންގެ އަދަދު ވަނީ މިލިއަނަކަށް އަރާފައެވެ. 180،000 އަށްވުރެ ގިނަ މީހުން ވަނި ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

ސަލާމަތީ ބާރުތަކުން ދަނީ ހެލިކޮޕްޓަރުގައި ދަތުރުކޮށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ޖަމްއިއްޔާތަކާއި ހެޔޮ އެދޭ ފަރާތްތަކުން ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ވީމިންވަރަކުން ފޯރުކޮށްދެމުންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —