Advertisement
header ad
XeeTimesXeeTimes
އަރިދަފުސް ރޯގާ އާންމުވެފައިވާ މިދުވަސްވަރު ރޯގާ ރަނގަޅުކުރުމަށް އިނގުރު ޖޫސްތައްޓެއް ބޯލަމާ! ސިއްޙަތު

އަރިދަފުސް ރޯގާ އާންމުވެފައިވާ މިދުވަސްވަރު ރޯގާ ރަނގަޅުކުރުމަށް އިނގުރު ޖޫސްތައްޓެއް ބޯލަމާ!

އަރިދަފުސް ރޯގާ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށް ގުޅުންހުރި މުއައްސަސާތަކުން ވަނީ އާންމުކޮށްފައެވެ. އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ބަލީގެ އަލާމާތެއް ހުރިނަމަ އަނގައާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކު އަޅަން ވާނެއެވެ. އަދި އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އަވަހަށް ޓެސްޓްކުރުން ބުއްދިވެރިއެވެ. ރޯގާ ޖެހިފައިވާނަމަ ތުއްތު ކުދިން ކައިރިއަށް ނުދިއުމާއި އުމުރުން ދުވަސްވީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ޒިޔާރަތް ނުކުރުން މުހިންމެވެ. އިންފުލުއެންޒާ ބަލި ފެތުރެމުންދާތީ އެބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރޯގާ ރަނގަޅު ކުރުމަށް ގޭގައިވެސް މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން އިނގުރު ޖޫހަކީ ވަރަށް ފައިދާ ހުރި ބުއިމެކެވެ.

ބޭނުންވާތަކެތި:

Article - in content
Advertisement

1 އިންޗި އިނގުރު

1 މޭޒުމަތީ ސަމުސާ މާމުއި

1 މޭޒުމަތީ ސަމުސާ ލުނބޯހުތް

1/8 މޭޒުމަތީ ސަމުސާގެ އަސޭމިރުސް

1 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

އިނގުރު މެށުމަށްފަހު ކުދިކޮށް ކޮށާށެވެ. އެއަށްފަހު އިނގުރު، މާމުއި، ލުނބޯހުތް، އަސޭމިރުސް އަދި ފެން އެޅުމަށްފަހު މިކްސްޖަރުން ހިމުންކޮށްފަ ފުރާނާލާށެވެ. މިއީ ރޯގާޖެހިގެން އުޅޭއިރު ބޯން ވަރަށް ފައިދާހުރި މީރު ބުއިމަކަށް ވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —