Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ވީއައިއޭގެ ޓަމިނަލް 1 އިން އެތިހާދު އެއާވޭސް އަށް ހިދުމަތް ދޭން ފެށުން ފޮޓޯ

ފޮޓޯ: ވީއައިއޭގެ ޓަމިނަލް 1 އިން އެތިހާދު އެއާވޭސް އަށް ހިދުމަތް ދޭން ފެށުން

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް 1 އިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އެތިހާދު އެއާވޭސް އަށް ޚިދުމަތް ދޭން ވަނީ ފަށައިފައެވެ. އެތިހާދު އެއާވޭސް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި އެތިހާދު އޭއާވޭސްގެ އޭރިއޭ މެނޭޖަރ ސެންޓްރަލް ރެހާން މުހައްމަދު ފާއިޒު އާއި އެތިހާދު އެއާވޭސްގެ އެއާޕޯޓް މެނޭޖަރ މުނާޒު އަލީ އާއި އެމްއޭސީއެލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިޢު އެވެ. އެތިހާދު އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 305 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެތިހާދު އެއާވޭސް ގެ ފުރަތަމަ ފްލައިޓްއިން ރާއްޖެ އައި 180 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —