Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ވީއައިއޭގެ ޓާމިނަލް 1 އިން ހައިސްކައި އަށް ޚިދުމަތް ދޭން ފެށުން ފޮޓޯ

ފޮޓޯ: ވީއައިއޭގެ ޓާމިނަލް 1 އިން ހައިސްކައި އަށް ޚިދުމަތް ދޭން ފެށުން

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ލޯ ކޯސްޓް އެއާލައިނެއް ކަމުގައިވާ ހައިސްކައި އަށް ޚިދުމަތް ދޭން ފަށައިފިއެވެ. ޓާމިނަލް 1 އިން ހައިސްކައި ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ގްރޫޕް ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ. މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރު އާއި ހައިސްކައިގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޓާމިނަލް 1 އިން ހައިސްކައި އަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން ޓާމިނަލް އަށް ކައިރިކުރި ހައިސްކައިގެ ފްރަތަމަ ފްލައިޓް އިން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —