Advertisement
header ad
XeeTimesXeeTimes
އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރެވޭނީ ހުރަހެއްނެތި މައުލޫމާތާއި ހަމަހަމަ ފުރުސަތު ލިބިގެން – ރައީސް

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރެވޭނީ ހުރަހެއްނެތި މައުލޫމާތާއި ހަމަހަމަ ފުރުސަތު ލިބިގެން – ރައީސް

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ހަމަހަމަފުރުސަތުތައް ލިބިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައެވެ.

އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް އުނގެނުމުގެ ފުރުސަތުތަކާއި، އަމިއްލަ މިނިވަންކަމާއި، އަދި އިންސާނީ ކަރާމާތް ކަށަވަރުކޮށްދިނުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އަލިއަޅުއްވައިލައްވާފައެވެ. 

Article - in content
Advertisement

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާއި، ނިންމާ ކޮންމެ ނިންމުމެއްގައިވެސް އެންމެންގެ ބައިވެރިވުން ޝާމިލުވާ، އަދި އެއްވެސް މީހަކު ބާކީނުވާނެފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —