Advertisement
header ad
XeeTimesXeeTimes
އެކަށީގެންވާ ގޮތަކަށް ވަގުތު ބަހާލުމަށް އަމިއްލަ ކަލަންޑަރެއް ތައްޔާރުކޮށްލަމާ!

އެކަށީގެންވާ ގޮތަކަށް ވަގުތު ބަހާލުމަށް އަމިއްލަ ކަލަންޑަރެއް ތައްޔާރުކޮށްލަމާ!

ސްކޫލު ނުވަތަ ކޮލެޖު ހުޅުވިފައި ހުންނަ ދުވަސްވަރަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް އާދަޔާޚިލާފަށް ބުރަބޮޑު ދުވަސްވަރެކެވެ. ޚާއްސަކޮށް އިމްތިހާނު ދުވަސްވަރު އިތުރަށް ވަގުތު މެނޭޖުކުރަން ދަތިވާ ދަރިވަރުން އުޅެއެވެ.

މި ލިޔުމުގައި މިގެނެސްދެނީ ތަޢުލީމު ހާސިލުކުރަމުންވެސް ހިތްހަމަޖެހިގެން ދިރިއުޅުމަށް އެކަށީގެންވާ ގޮތަކަށް ވަގުތު ބަހާލާނެ ގޮތެވެ. 

އަމިއްލަ ކަލަންޑަރ ތައްޔާރުކުރުން

Article - in content
Advertisement

މި ކަލަންޑަރުގައި އާއިލާއާއެކު ކެއުމަށް ދާނެ ދުވަސްތަކާއި ގުރޫޕް ސްޓަޑީއަށް ދާނެ ދުވަސްތައް ފާހަގަކުރެވިދާނެއެވެ. އަދި އިމްތިހާނު އޮންނަ ދުވަސްވަރާއި ބައިވެރިވާން ބޭނުންވާ އިތުރު އިވެންޓްސް ތަކާއި މުހިންމުކަންތައްތައް ފާހަގަކުރެވިދާނެއެވެ. އެއިރުން އެއްދުވަހެއްގައި ގިނަ ކަންތައްތަކެއް ކުރަންޖެހިގެން މީހާ ހާސްވެގެން އުޅެން ނުޖެހޭނެއެވެ. ޗުއްޓީ އަށް ދާނެ ދުވަސްތަކާއި އޮފީހެއްގައި އުޅޭނަމަ އެއޮފީހެއްގެ އެންމެ ބުރަ ދުވަސްތައްވެސް ފާހަގަކުރެވިދާނެއެވެ. އެއިރުން އަމިއްލަ ކަންތައްތަކަށް އެދުވަސްތަކުގައި ލުޔެއް ހޯދިދާނެއެވެ. ކަލަންޑަރު ބަހައްޓަން ވާނީ އަބަދުވެސް ފެންނަން ހުންނަ ތަނެއްގައެވެ.

ފޯނުގައި ރިމައިންޑަރ ނޯޓިފިކޭޝަން

ކަލަންޑަރު ތައްޔާރުކުރުމަށްފަހު އަމިއްލަ ފޯނުގެ ކަލަންޑަރުގައި މުހިންމު ދުވަސްތަކާއި ކަންތައްތައް ފާހަގަކުރެވިދާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ރިމައިންޑަރ ނޯޓިފިކޭޝަން ލިބޭގޮތަށްވެސް ހެދިދާނެއެވެ.

އަމިއްލަ ޝެޑިއުލެއް ގެންގުޅުން

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެމީހެއްގެ ނިދާގަޑިއާއި ކަސްރަތުކުރާ ގަޑިއާއި އެނޫންވެސް ގަޑިތައް ތަފާތުވެދާނެއެވެ. އެހެންވުމުން އަމިއްލަ ކަންތައްތައް އަމިއްލައަށް ބޭނުންވާ ޝެޑިއުލެއްގައި ކުރެވިދާނެއެވެ.

މުހިންމު ކަންކަމަށް އިސްކަންދިނުން

ކޮންމެ ދުވަހަކުވެސް ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ފުރަތަމަ ނިންމޭތޯ ބަލާށެވެ. ސޯޝަލް މީޑިއާ ނުވަތަ އެނޫންވެސް ފަހުން ކުރެވިދާނެ ކަންތައްތައް ފަހަށް ބަހައްޓާށެވެ. އެހެންނޫނީ މުހިންމު ކަންކަމަށް ވަގުތު ނުދެވި އެދުވަހެއް ނިމިގެން ގޮސްދާނެއެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ.

ދިރިއުޅުމުގެ ކޮންމެ ވަގުތަކީވެސް ވަރަށް ބޭނުންތެރި ވަގުތެކެވެ. ތިމާ ބޭނުންވާ ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް ވަގުތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް އިސްކަންދެމާތޯއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —