Advertisement
header ad
XeeTimesXeeTimes
ބަލްމާ 6 ބޯޓު ބަންޑުންޖަހާލުމުން ގެއްލުނު 2 މީހުންގެތެރެއިން ދިވެހި މީހާގެ ހަށިގަނޑު ފެނިއްޖެ

ބަލްމާ 6 ބޯޓު ބަންޑުންޖަހާލުމުން ގެއްލުނު 2 މީހުންގެތެރެއިން ދިވެހި މީހާގެ ހަށިގަނޑު ފެނިއްޖެ

ބަލްމާ 6 ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ބަންޑުންޖަހާލީ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިއަށެވެ. މި އުޅަނދުން 4 މީހުން ދަތުރު ކުރިއިރު މިތަނުން 2 މީހުން ވަނީ އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައެވެ. އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ކުރަމުންދަނިކޮށް އެކަކުގެ ހަށިގަނޑު ވަނީ ފެނިފައެވެ. ފެނުނީ ދިވެހި މީހާގެ ހަށިގަނޑެވެ. ގެއްލިގެން ހޯދަމުންދާ ބަނގްލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި އުޅަނދު ބަންޑުންޖަހާލުމުން ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި މި ބޯޓު ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިއަށް ބަންޑުންޖަހާލުމުން ބޯޓުގައި ހުރިތަކެތި އޮޔާ ދާކަމަށް ލަފާކުރެވެނީ ހުޅަނގަށެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —