Advertisement
header ad
XeeTimesXeeTimes
ގިނަ ދަރިވަރުންގެ ލޯބި ލިބިފައިވާ ޚިދުމަތްތެރި ދިވެހި މުދައްރިސް އައިންތު މިސް ނިޔާވެއްޖެ!

ގިނަ ދަރިވަރުންގެ ލޯބި ލިބިފައިވާ ޚިދުމަތްތެރި ދިވެހި މުދައްރިސް އައިންތު މިސް ނިޔާވެއްޖެ!

އަމީނިއްޔާ ސްކޫލުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ދިވެހި މުދައްރިސް އަދި ގިނަ ދަރިވަރުންގެ ލޯބި ލިބިފައިވާ އާމިނަތު ހަސަން، މ. މިރުސްގަސްދޮށުގެ ނިޔާވެއްޖެއެވެ.

އައިންތު މިސް ނިޔާވީ އުމުރުން 58 އަހަރުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައިންތު މިސް ނިޔާވީ ކެންސަރުބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އައިންތު މިސް ވަނީ ތަޢުލީމީ ދާއިގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ.

ދިވެހި ބަހުން ޑިގްރީވެސް ހައްދަވާފައިވާ އައިންތު މިސް އަކީ ވަރަށް ހިތްހެޔޮ މީހުންނާއި ގުޅޭ މިޒާޖުގެ ޓީޗަރެކެވެ. ގިނަ އަދަދެއްގެ މީހުން ދަނީ އައިންތު މިސް ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ސޯޝަލް މީޑިއާގައި ޕޯސްޓުތައް ހިއްސާ ކުރަމުންނެވެ.

Article - in content
Advertisement

ކަށުނަމާދު ކުރުން އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގައި މިއަދު އަސްރު ނަމާދުގެ ފަހުގައެވެ. މައްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން!

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —