Advertisement
header ad
XeeTimesXeeTimes
އެމްޕީއެލް ފަޅުގައި އޮތް 2 ޓަގު ބޯޓުގެ ދެމަދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެ!

އެމްޕީއެލް ފަޅުގައި އޮތް 2 ޓަގު ބޯޓުގެ ދެމަދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެ!

އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން އައި ގއ ދެއްވަދޫ އަމީން އަބްދުލް ހަމީދު (30 އ) ނިޔާވީ އެމްޕީއެލް ފަޅުތެރޭގައި އޮތް 2 ޓަގު ބޯޓު ދޭތެރެއަށް ވެއްޓި އަނިޔާވުމާއި ގުޅިގެންނެވެ.

" އެމްޕީއެލް ފަޅުތެރޭގައި އޮތް 2 ޓަގް ބޯޓު ދޭތެރެއަށް އެމްޕީއެލްގެ މުވައްޒަފެއް ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:46 ހާއިރު ފުލުހުންނަށް ލިބިފައިވޭ. މިމީހާ އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތުދީފައި. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދީފައިވެއެވެ.

މައްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން!

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —