Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ހޫނު ދުވަހު ފިނިކޮށްލުމަށް އެވޭލާ ސާގު ބަތްޕެން ކިހިނެއްވާނެ؟ ބަދިގެ

ޒީޓައިމްސް ބަދިގެ: ހޫނު ދުވަހު ފިނިކޮށްލުމަށް އެވޭލާ ސާގު ބަތްޕެން ކިހިނެއްވާނެ؟

ސާގަކީ ވަރަށް މީރު ފައިދާހުރި އެއްޗެކެވެ. މިދުވަސްވަރަކީ ވަރަށް ހޫނު ދުވަސްވަރަކަށް ވުމާއެކު ފިނިކޮށްލުމަށްވެސް ސާގު ބަތްޕެން ރަނގަޅުވާނެއެވެ.

ބޭނުންވާތަކެތި:

6 ޖޯޑު ކައްކާ އޮލަ ފިލުވައިފައި ހުރި ސާގު

Article - in content
Advertisement

2 ޖޯޑު ކާށިބޯކިރު

10 ޖޯޑު ފެން

2 ޖޯޑު މާފެން

10 ރާނބާފަތްކޮޅު (1/2 އިންޗިއަށް ބުރިކޮށްފައި)

މާމުއި

ތައްޔާރުކުރާނެ ގޮތް:

ފެން ތެއްޔަކަށް އަޅާފައި ކައްކަން އުދާލާށެވެ. ރާނބާފަތްކޮޅު އަޅާށެވެ. ކެކިގަތީމަ މާފެން އަދި ކާށިކިރު އެއްކޮށްފައި އަޅާށެވެ. ސާގުކޮޅުވެސް އެއްކޮށްލާށެވެ. މަޑުގިނީގައި ބަހައްޓައިގެން މަޑުމަޑުން ދޭފަތުން ހަލަމުން ކައްކާށެވެ. ބޮކިޖަހާ ކެކެން ފެށުމުން އުނދުންމަތިން ބާލާށެވެ. ހޫނުކަން ހުއްޓާ މާމުއިފޮދަކާ އެއްކޮށް ކެވިދާނެއެވެ. ނޫނީ އައިސްއަލަމާރީގައި ފިނިކޮށްގެން ކެވިދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —