ލ. ފޮނަދޫ އަދި ގަމަކީ ގުދުރަތީ ރީތިކަން ލިބިފައިވާ 2 ރަށެވެ. ޗުއްޓީ ހޭދަކޮށްލުމަށް ގިނައަދަދެއްގެ ބަޔަކު ލ.އަތޮޅަށް ޒިޔާރަތްކުރާއިރު، އެންމެރީތި އެއް މަންޒަރަށް ލިންކުރޯޑާއި ކައިރީގައި ހުރި ގިނައަދަދެއްގެ ރުއްތައް ވެގެންދާނެއެވެ. ބަލާލަން އެއީ އާދަޔާހިލާފަށް ރީތި މަންޒަރެކެވެ. އަދި ލ. އަތޮޅުގެ އެކި ރަށްރަށުގެ ދޮންވެލި ތުނޑިތަކާއި ރީތި މޫދަކީވެސް ޕިކްނިކްދިއުމަށް ވަރަށް ހިތްގައިމު ތަންތަނެވެ. އެއަތޮޅުގެ އެންމެ މަޝްހޫރު އެއްތަނަކީ ގަމުގެ ޕަރީ ފެންގަނޑެވެ. އަދި ލ.އަތޮޅުގެ ގޮޅަރިހައަކީ ވަރަށް ރަހަމީރު ކެއުމެކެވެ.
Advertisement
























