Advertisement
header ad
XeeTimesXeeTimes
ހޫނުގަދަ ދުވަސްވަރު މޫނުގެ ހަންގަނޑު ސާފުކޮށްލަން ގޭގައި ކުރެވިދާނެ ކަންތައްތައް! ސިއްޙަތު

ހޫނުގަދަ ދުވަސްވަރު މޫނުގެ ހަންގަނޑު ސާފުކޮށްލަން ގޭގައި ކުރެވިދާނެ ކަންތައްތައް!

ހޫނުގަދަ ދުވަސްވަރު މޫނުގެ ހަންގަނޑު ހިކި ހަންގަނޑު ހަލާކުވާފަހަރު އާދެއެވެ. ގޭގައިވެސް އަމިއްލައަށް ފަރުވާދެވިދާނެއެވެ. މިގޮތުން ތިރީގައި މިވަނީ ހަންގަނޑު ރީތިކޮށް ސާފުކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކެވެ.

މާމުއި، ކިރު: 1 މޭޒުމަތީ ސަމުސާގެ މާމުއިއާއި 2 މޭޒުމަތީ ސަމުސާގެ ކިރު އެއްކުރުމަށްފަހު މޫނުގައި ހާކާލެވިދާނެއެވެ.

ޔޯގަޓް އަދި މާމުއި: 2 މޭޒުމަތީ ސަމުސާގެ ގްރީކް ޔޯގަޓް 1 މޭޒުމަތީ ސަމުސާގެ މާމުއިއާއި އެއްކުރުމަށްފަހު މޫނުގައި ހާކާލާށެވެ. 10-15 މިނިޓަށް ބަހައްޓަންވާނެއެވެ. އެއަށްފަހު ދޮވެލާށެވެ.

Article - in content
Advertisement

އަލޯވެރާ: އަލޯވެރާއަކީ މޫނުގެ ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ.

ވިސްނަންވީ ކަންތައް:

މޫނުގެ ހަންގަނޑު ރީތިކުރުމަށް ތަފާތު ބާވަތްތައް ހާކާއިރު ލޮލަށް ވިސްނަންވާނެއެވެ. ލޮލުގެ އެންމެ ކައިރީގައި ނުހޭކުން ބުއްދިވެރިވާނެއެވެ.

އަމިއްލައަށް ތައްޔާރުކުރާ ބާވަތްތައްވެސް ހާކާފައި ބަހައްޓަން އެންމެ ރަނގަޅީ 10-15 ވަރަކަށް މިނިޓަށެވެ.

މޫނުގެ ހަންގަނޑު ސާފުކުރުމަށް މަޑުތުވާލިކޮޅެއްވެސް ބޭނުންކުރެވިދާނެއެވެ. ފިނިފެންފޮދަކުން ދޮވެލީމަ އިތުރަށް ތާޒާވާނެއެވެ.

މޫނުގެ ހަންގަނޑު ސާފުކުރުމަށް ހަފްތާއަކު އެއްފަހަރު ކުރިން ފާހަގަކޮށްފައިވާ ކޮންމެވެސް އެއްގޮތެއް ބޭނުންކުރެވިދާނެއެވެ. ގިނައިން ބޭނުންކުރުން ރަނގަޅެއް ނުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —