Advertisement
header ad
XeeTimesXeeTimes
ލޭ ހަދިޔާކުރުމަށް އެމްއޭސީއެލްއިން ކުރިއަށްގެންދާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ލޭ ހަދިޔާކުރުމަށް އެމްއޭސީއެލްއިން ކުރިއަށްގެންދާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް އެމްއޭސީއެލްއިން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 31 ޖަނަވަރީ އަދި 1 ފެބްރުއަރީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އާއި ގުޅިގެންނެވެ. އެހެން އަހަރުތަކާ ހިލާފަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް އެމްއޭސީއެލްއިން މި އަހަރު ކުރިއަށް ގެންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން ރިސޯޓް މުވައްޒަފުންނަށްވެސް ހުޅުވާލައިގެންނެވެ. މިގޮތަށް ބަދަލުކުރުމުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ އެމްބީއެސްއިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ މަޤްސަދުގައެވެ.

⁠މި ޕްރޮގްރާމްގައި ބައިވެރިވުމަށް: https://tinyurl.com/46y3p7m7

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —