Advertisement
header ad
XeeTimesXeeTimes
އުމުރު މަތިވާވަރަކަށް ބައިގެންދިއުމުގެ ފުރުސަތު ބޮޑު- ޑރ. ނުސްރާ ސިއްޙަތު

އުމުރު މަތިވާވަރަކަށް ބައިގެންދިއުމުގެ ފުރުސަތު ބޮޑު- ޑރ. ނުސްރާ

ބައިގެންދިއުން ނުވަތަ މިސްކަރޭޖް މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާކަމެކެވެ. ގިނަފަހަރަށް ބައިގެންދަނީ ބަނޑުބޮޑުވާތާ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައެވެ. އަންހެނުންގެ ޚާއްސަ ޑޮކްޓަރު އައިމިނަތު ނުސްރާ 'ޒީޓައިމްސް' އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އުމުރުން 35 އަހަރާއި 40 އަހަރުން މަތީގައި ބަނޑުބޮޑުވުމުން ބައިގެންދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އަންހެނުންގެ ޚާއްސަ ޑޮކްޓަރު ނުސްރާ
" މިސްކަރޭޖްވާ ވަކިސަބަބެއް ބުނެލަން އުދަގޫވެދާނެ. ކްރޮމޮސޯމަލް އެބްނޮމަލިޓީސް މައްސަލަތަކާއިހުރެ 90 އިންސައްތަ ބައިގެންދަނީ. އަހަރެމެން ހަށިގަނޑުން އެކަހަލަ ޕްރެގްނެންސީއެއްވިއްޔާ ރިޖެކްޓް މިކުރަނީ. ތަފާސްހިސާބުން ދައްކާގޮތުން ބަނޑުބޮޑުވާ ކޮންމެ 5 ޕްރެގްނެންސީއިން އެއް ޕްރެގްނެންސީ ބައިގެންދޭ. މާނައަކީ 20 އިންސައްތަ ޕްރެގްނެންސީ ބައިގެންދެއޭ". ޑރ. ނުސްރާ ވިދާޅުވިއެވެ.

ޑރ. ނުސްރާ ފާހަގަކުރެއްވިގޮތުގައި ފަހަކަށްއައިސް އެކި ސަބަބުތަކާއިހުރެ ގިނަފަހަރަށް ބަނޑުބޮޑުވެވެނީ އުމުރު މަތިވާފަހުންނެވެ.

" އުމުރުން ދުވަސްވާވަރަކަށް އެގްގެ ކޮލިޓީ ދަށަށްދޭ. އެހެންވުމުން ދިމާވާ ކްރޮމޮސޯމަލް މައްސަލަތައް ގިނަ". ޑރ. ނުސްރާ ވިދާޅުވިއެވެ.

Article - in content
Advertisement

އުމުރު މަތިވުމުގެ އިތުރަށް ބަރުދަން އިތުރުވުން އަދި ޕޮލިސިސްޓިކް އޯވަރީ ޑިސީސް މިއީ ބައިގެންދިއުމަށް ފުރުސަތުބޮޑު ހާލަތްތަކެއްކަމަށް ޑރ. ނުސްރާ ވަނީ ވިދާޅުވެފައެވެ. އަދި އައިވީއެފްގެ އިތުރުން ތަފާތު ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އިތުރުން އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ބަލިވެއިންނަ ހާލަތުގައިވެސް ބައިގެންދިއުމުގެ ފުރުސަތު އޮވެއެވެ.

ތަފާސްހިސާބުން ދައްކާގޮތުގައި ކޮންމެ 100 އަންހެނަކުން އެކެއް ވަނީ ބައިގެންދިއުމުގެ ހާލަތާއި ކުރިމަތިވެފައެވެ. ބަނޑުބޮޑުވެ އެހޭދަވާ ފުރަތަމަ 13 ހަފްތާތެރޭގައި ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭއިރު ބަނޑަށް 20 ހަފްތާއަށްފަހު ބައިގެންދިއުން ބަލަނީ 'ސްޓިލް ބާރތް' ގެ ގޮތުގައެވެ. އެއްފަހަރު ބައިގެންދިޔަކަމުގައިވިއަސް ފަހުން ސިއްހަތު ރަނގަޅު ކުދިން ލިބޭ މީހުން މަދެއް ނޫނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —