Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ރަހަމީރު ލޮނުމިރުސްލީ ހަނާކުރި ބޯވަ ބަދިގެ

ޒީޓައިމްސް ބަދިގެ: ރަހަމީރު ލޮނުމިރުސްލީ ހަނާކުރި ބޯވަ

ބޭނުންވާތަކެތި:

2 ފިޔާ ހިމުންކޮށް ކޮށާފައިހުރި

7 ޖޯޑު ހުންނަހާ ލޮނުކޮޅެއްލައިގެން މަޑުކޮށްފައި ހުރި ބޯވަ

Article - in content
Advertisement

2 ހިކަނދިފަތް

2 މޭޒުމަތީ ސަމުސާބައި ލޮނުމިރުސް

1/3 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ މުގުރި ދިރި

3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

1 ސައިސަމުސާ ލޮނުމެދު ޕޭސްޓް

1 ޖޯޑު ކާށިބޯކިރު

1/4 ފަޅި ގިތެޔޮމިރުސް ކޮށާފައި

1 ޓޮމާޓޯ ކޮށާފައި

5 ރާނބާފަތްކޮޅު 1/2 އިންޗިއަށް ބުރިބުރިކޮށްފައި ހުރި

1 މޭޒުމަތީ ސަމުސާ ހަނާކުރި ހަވާދު

ލޮނުކޮޅެއް

ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް:

ތަވާ އުނދުންމައްޗަށް އުދާލާށެވެ. ތެޔޮފޮދެއް އަޅާށެވެ.

ހޫނުވީމަ ފިޔާ، ހިކަނދިފަތް ރާނބާފަތް އަދި މިރުސް އެއްކޮށްލާށެވެ. ފިޔާކޮޅު މޯޅިވަންދެން ދޭފަތުން އެއްކުރަމުންދާށެވެ.

ފިޔާކޮޅު މޯޅިވީމައި ބާކިހުރި ހުރިހާސާމާނެއް ފަހަރަކު ބާވަތެއް އަޅަމުން ދާށެވެ. ރަހަ ނުކުންނަވަރަށް މަޑުގިނީގައި ދޭފަތުން އެއްކުރަމުން ކައްކާށެވެ. ހަނާކުރި ބޯވަ ތަފާތު ގޮތްގޮތަށް ތައްޔާރުކުރެވިދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —