Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށުން ފޮޓޯ

ފޮޓޯ: ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށުން

ޗައިނާގެ ހޮންގްކޮންގްގެ ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފިއެވެ. ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއާލައިނުން ރާއްޖެ އައި ފުރަތަމަ މަތިންދާބޯޓު، އެޗްބީ 2500 އަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ. އަދި އެ އެއާލައިނުން ރާއްޖެ އައި 174 ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހޮންގްކޮންގް އިން މާލެއަށް ކޮންމެ ދުވަހަކު އެއް ދަތުރެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 737 މެކްސްގެ ފްލައިޓެކެވެ. ގްރޭޓާ ބޭ އެއާލައިންސްއަކީ ހޮންގްކޮންގް އިން ސީދާ މާލެއަށް ދަތުރުތައް ފެށި ދެވަނަ އެއާލައިނެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —