Advertisement
header ad
XeeTimesXeeTimes
މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ!

މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ!

ހަނގުރާމައާއި ގުޅިގެން މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރީ މިއަދުގެ ވަގުތެއްގައެވެ. މެދުއިރުމަތީ ސަރަހައްދުގެ ޤައުމުތަކަށް ދަތުރުކުރާ އެންމެހާ ފަރާތްތަކުން އެއާޕޯޓަށް އައުމުގެ ކުރިން އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މައުލޫމާތު އެއަރލައިންގެ ވެބްސައިޓާއި ޓުއަރއޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ވަނީ އެދިފައެވެ.

ފަސިންޖަރުން ސަމާލުވާންވީ މުހިންމު ކަންތައް:

  • ދަތުރުކުރާ އެއާލައިންގެ ވެބްސައިޓު ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން
  • ޓުއަރ އޮޕަރޭޓުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އެފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދަށް ތަބާވުން
  • ދުރާލާ ދަތުރުގެ ކަންކަން ރޭވުން

 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް fis.com.mv އަށް ޒިޔާރަތްކުރުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

Article - in content
Advertisement

އެމެރިކާއާއި އިޒުރޭލު ގުޅިގެން އިރާނަށް ހަމަލާ ދިނުމާއި ގުޅިގެން އިރާނުން ވަނީ އެ ސަރަހައްދުގެ ޤައުމުތަކަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފައެވެ. މެދުއިރުމަތީ ސަރަހައްދުގައި ކުރިއަށްދާ ހަނގުރާމައާއި ގުޅިގެން ދުބާއީ އާއި ބަހްރެއިން އަދި އަބޫދާބީ އާއި ދޯހާ އަށް ކުރާ ދަތުރުތައް ވަނީ ހުއްޓިފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —