Advertisement
header ad
XeeTimesXeeTimes
ބިސް ދޮވުމަކީ ރައްކާތެރިކަމެއް ނޫން، ގަންނައިރު ސާފުކޮށް ހުންނަ ބިސް ގަންނަމާ! ސިއްޙަތު

ބިސް ދޮވުމަކީ ރައްކާތެރިކަމެއް ނޫން، ގަންނައިރު ސާފުކޮށް ހުންނަ ބިސް ގަންނަމާ!

ބިސް ދޮވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި ބިސް ގަންނައިރު ސާފުކޮށް ހުންނަ ބިސް ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން އާންމުކޮށްފައިވާ ހޭލުންތެރިކުރުމުގެ ވީޑިއޯއެއްގައި ވަނީ އިލްތިމާސްކޮށްފައެވެ.

" ވަރަށް ގިނަ ފަރާތްތަކުން ބިސް ގެއަށްގެނެސް ބިހުގެ ބޭރުގައި ހުންނަ ހަޑި ފިލުވާލުމަށްޓަކައި ކޮންމެވެސްކަހަލަ ކެމިކަލެއްލާފަ ބިސްތައް ސާފުކުރޭ. ނޭނގިނަމަވެސް ކުރެވޭކަމެއް. ބިސް ގަތުމަށްފަހު އިތުރަށް ސާފުކުރުމަށްޓަކައި ފެން ނުވަތަ ކެމިކަލްލައިގެން ދޮވުމަކީ ބިހުގެ އެތެރެއަށް އޭގެ އަސަރުކުރާނެ ކަމެއް. ބިހުގެ ތޮށި ހަރުތޮއްޓެއްގެ ގޮތުގައި ފެނުނަސް އޭގައި ހުންނާނެ ވަރަށް ކުދިކުދި ލޮލަށް ނުފެންނަ ލޯވަޅުތަކެއް. އެލޯވަޅުތަކުގެ ޒަރީއާއިން ކެމިކަލްވެސް އަދި ފެނުގައި ހުންނަ ޖަރާސީމުވެސް ބިހުގެތެރެއަށް ދިއުމުގެ ފުރުސަތު އޮންނާނެ". ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ވީޑިއޯގައި ބުނެފައިވެއެވެ.

އެންމެ ރަނގަޅު ގޮތަކީ އައިސްއަލަމާރީގެ ފިނިކުރާބައިގައި ބިސް ބެހެއްޓުމެވެ. އެއީ ބިހަކީ އޭގެ ޒާތުގައި ވަރަށް އަވަހަށް ހަލާކުވާއެއްޗަކަށްވާތީއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —