Advertisement
header ad
XeeTimesXeeTimes
އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން ކުރިއަށް!

އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން ކުރިއަށް!

މިއަދު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އިއުލާންކުރަން ވަނީ ފަށައިފައެވެ.

ޖުމްލަ 588 ވޯޓު ފޮށި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބަހައްޓާފައެވެ. މާލެ ސަރަހައްދުގައި 240 ވޯޓުފޮށި ބަހައްޓާފައިވާއިރު އެކިރަށްރަށުގައި 322 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 21 ވޯޓު ފޮށި ބެހެއްޓިއިރު ޖަލުތަކުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް 185،709 މީހުން ވަނީ ވޯޓުލާފައެވެ. އޭގެފަހުން ވޯޓުލީމީހުންގެ އަދަދުގެ ތަފްސީލް އަދި ނުލިބެއެވެ. 5 ޖެހުމާއި ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކުރިއިރު ކިއުގައި ތިބި މީހުންނަށް ވަނީ ވޯޓުލުމުގެ ފުރުސަތުދީފައެވެ.

Article - in content
Advertisement

އިލެކްޝަން ކޮމިޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ދަންވަރުގެ ކުރިން ހުރިހާ ނަތީޖާއެއް އިއުލާންކޮށް ނިންމާލެވޭނެ އެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —