Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި ފޮޓޯ

ފޮޓޯ: ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި

ތ. ވޭމަންޑޫގެ ބޯހިޔާވަހިކަމާއި އިގުތިސާދީ ތަރައްގީއަށް ބޭނުންވާ ބިން އިތުރުކުރުމަށް ސަރުކާރުން ފެށި މަޝްރޫއު ނިންމާލައިފިއެވެ. ވޭމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ތ. ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ފެށީ 12 މާރިޗު 2026 ގައެވެ. މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ 4 އޭޕްރިލް 2026 ގައެވެ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުއަށް  ބޭނުންކުރީ "ފިލީޕޯ ބްރޫނެލޭޝީ" އެވެ. މިއީ އެއްފަހަރާ 11,300 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ.

 

 

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —